ރައީސުލްޖުމުހޫރިއްޔާ މ. ނާލާފުށީ އިސްފަރާތްތަކާއި ބައްދަލުކުރައްވައިފި
ނާލާފުށީގެ އިސްވެރިންނާއި ރައީސް ބައްދަލުކޮށްލެއްވުމުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމުހޫރިއްޔާ މ. ނާލާފުށީ އިސްފަރާތްތަކާއި ބައްދަލުކުރައްވައިފި

8 hours ago - 15:13
May 20, 2025 - 15:18
Advertisement
Advertisement

މ. ނާލާފުށީ ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން ބޭއްވުނީ މުލީ އެއާޕޯޓު ހުޅުވުމަށް ރައީސް މުއިއްޒު މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާގައެވެ.

ރައީސް އޮފީހުން ވިދާޅުވީ މި ބައްދަލުވުމުގައި ރަށުގެ ވެރިން ރަށަށް އެންމެ ބޭނުންވާ ކަންކަމާއި، ތަރައްޤީއަށް އެދޭ ކަންތައްތައް ރައީސާ ހިއްސާކުރެއްވި ކަމަށާއި، މީގެ ތެރޭގައި ފެނާއި ނަރުދަމާ މަޝްރޫޢުގެ ލަސްވުމާއި، ކަރަންޓުގެ މައްސަލަތައް ހިމެނޭކަމަށެވެ.

މުލީ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ދެއްކެވި ވާހަކަފުޅުތަކަކީ އުންމީދީ ވާހަކަފުޅުތަކެއް ކަމަށާއި، އަދި ކޯޒްވޭ ތަރައްޤީކުރުމުން ނާލާފުއްޓަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށް ކައުންސިލުން ފާހަގަކުރެއްވިކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

Advertisement
Advertisement

ރައީސް މުޢިއްޒު ވަނީ ކައުންސިލުން ފާހަގަކުރި ކަންކަން ބައްލަވާނެ ކަމަށް ވިދާޅުވެފައިކަމަށާއި، އަދި ވަޒީރުންނާއި ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކޮށް ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރެއްވިކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ރައްޔިތުންނަށްޓަކައި، ރައްޔިތުންނާއި ގާތުން މަސައްކަތްކޮށްދެއްވާތީ މިބައްދަލުވުމުގައި ކައުންސިލުން ރައީސަށް ޝުކުރުއަދާކުރައްވާފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement