
ކުރިއަށް އޮތް ދުވަސްތަކުގައި ފެންނާނީ ފަށަން ހުރި މަސައްކަތްތައް ފަށާތަން, ނިންމަން ހުރި މަސައްކަތްތައް ނިންމާ ރައްޔިތުންނާ ހަވާލުކުރާތަން- ރައީސް މުއިއްޒު
އެއަޕޯރޓް ހުޅުވުމާއެކު ދެން އޮތީ މުލީގައި ފަތުރުވެރިކަން ފެށުން
ކުރިއަށް އޮތް ދުވަސްތަކުގައި ފެންނާނީ ފަށަން ހުރި މަސައްކަތްތައް ފަށާތަން, ނިންމަން ހުރި މަސައްކަތްތައް ނިންމާ ރައްޔިތުންނާ ހަވާލުކުރާތަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިޔަގީންކަން އެމަނިކުފާނު ތަކުރާރު ކުރެއްވީ މިއަދު މުލީ އެއަޕޯރޓް ހުޅުއްވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ކުރިއަށް އޮތް ދުވަސްތަކުގައި ބާރު ސްޕީޑްގައި މަޝްރޫޢުތައް ފަށާ, އަދި ނިންމާތަން ފެންނާނެ ކަމަށެވެ. ކުރިއަށް އޮތް ދެ އަހަރަށް އިޝާރާތް ކުރައްވާ ވިދާޅުވީ ދެ އަހަރު ވެގެންދާނީ އަމަލީ ނަތީޖާ ނެރޭ ދެ އަހަރަށް ކަމަށެވެ.
ހުރިހާ ރަށެއްގައި ކުޅުވަރު ކުޅޭނެ ވަސީލަތްތައް ޤާއިމް ކުރުމާއި, ކުނި މެނޭޖް ކުރާނެ ނިޒާމް ޤާއިމް ކުރުމާއި, މީގެއިތުރުންވެސް ވައުދުވެފައި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. ކުޅިވަރު ވަސީލަތްތައް ޤާއިމް ކުރައްވާނީ ދެ އަހަރަށް ބަހާލައިގެން ކަމަށާއި, ކުނި މެނޭޖް ކުރުމުގެ ވަސީލަތް ޤާއިމް ކުރުމަކީ މިއަހަރުގެ ނިޔަލަށް ކުރަން އޮތް ކަމެއް ކަމަށް ވިދާޅުވިއެވެ.
" އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި ފެންނާނީ ފަށަންހުރި މަސައްކަތްތައް ފެށޭ ތަނާއި, ފަށާފަހުރި މަސައްކަތްތައް ނިންމާފަ އެތަންތަން ރައްޔިތުންނާ ހަވާލުކުރެވިގެންދާތަން" ރައީސް ވިދާޅުވިއެވެ.
މުއްޔަށް ވެވަޑައިގެންފައިވާ ވައުދުތަކަށް އިޝާރާތްކުރައްވާ ވިދާޅުވީ އެއަޕޯރޓް ހުޅުވުމާއެކު އެރަށުގައި ފަތުރުވެރިކަން ފެށުމަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަން ފައްޓަވާނެ ކަމަށެވެ. އަދި މަގު ހެދުމާއި ހޮސްޕިޓަލްގެ މަސައްކަތްވެސް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.
ރިއެކްޝަންސް






