އެން.އޯ.އޭ.އޭގެ އިނޮއި ރީޖަނަލް ސެންޓަރަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޒިޔާރަތްކުރައްވައިފި
ނައިބުރައީސް ކުރެއްވި ޒިޔާރަތުގެ ތެރެއިން / ފޮޓޯ:ރައީސް އޮފީސް

އެން.އޯ.އޭ.އޭގެ އިނޮއި ރީޖަނަލް ސެންޓަރަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޒިޔާރަތްކުރައްވައިފި

6 hours ago - 15:27
May 20, 2025 - 15:37
Advertisement
Advertisement

ހަވާއީގެ ހޮނުލުލޫގައި ހުންނަ ނެޝަނަލް އޯޝެއަނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (އެން.އޯ.އޭ.އޭ)ގެ އިނޮއި ރީޖަނަލް ސެންޓަރަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް، ޒިޔާރަތްކުރައްވައިފިއެވެ.

މިއީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބެއް މި ސެންޓަރަށް ޒިޔާރަތްކުރެއްވި ފުރަތަމަ ފަހަރެވެ.

މި ޒިޔާރަތުގައި، އިންޓަނޭޝަނަލް ސުނާމީ އިންފޮމޭޝަން ސެންޓަރު (އައި.ޓީ.އައި.ސީ) އާއި ޕެސިފިކް ސުނާމީ ވޯނިންގ ސެންޓަރު (ޕީ.ޓީ.ޑަބްލިއު.ސީ) ގެ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް އެރުވިކަމަށާއި، އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި އިދާރާތަކުގެ މަސައްކަތްތަކަށް ތަޢުރީފްކުރައްވާ، ރާއްޖެއަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް ޝުކުރު އަދާކުރައްވާފައިކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ރައީސް އޮފީހުން ވިދާޅުވީ 2004 ވަނަ އަހަރުގެ ސުނާމީއަށްފަހު، މި ދެ އިދާރާއިން ރާއްޖެއަށް ވަނީ ގިނަ އެހީތަކެއް ފޯރުކޮށްދީފައިކަމަށާއި، މީގެ ތެރޭގައި ކެޕޭސިޓީ އިތުރުކުރުމާއި، މަޢުލޫމާތު ފޯރުކޮށްދިނުމާއި، ޑިޒާސްޓަރ މެނޭޖްމަންޓް މަޝްރޫޢުތައް ހިމެނޭކަމަށެވެ.

Advertisement
Advertisement

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އެމެރިކާގެ ހަވާއީއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ، ބްލޫ ޕްލެނެޓް އެލަޔަންސްގެ ޚާއްޞަ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement