ވިލިމާލެއިން ހައްޔަރުކުރި ފިލްމީ ތަރިން ހިމެނޭ 4 މީހުން ދޫކޮށްލުމަށްފަހު ދަޢުވާކުރަން ޕީޖީއަށް ފޮނުވައިފި

ވިލިމާލެއިން ހައްޔަރުކުރި ފިލްމީ ތަރިން ހިމެނޭ 4 މީހުން ދޫކޮށްލުމަށްފަހު ދަޢުވާކުރަން ޕީޖީއަށް ފޮނުވައިފި

3 hours ago - 18:33
Advertisement
Advertisement

މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން ހައްޔަރުކުރި ފިލްމީ ދާއިރާގެ މަޝްހޫރު ފަރާތްތަކެއް ހިމެނޭހެން 4 މީހެއްގެ މައްސަލަ ތަޙުޤީޤުކުރުމަށްފަހު، އެމީހުންގެ މައްޗަށް ދަޢުވާ އުފުލުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވައިފި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.


މި ހިނގާ މަހުގެ 18 ވަނަ ދުވަހު ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ވިލިމާލޭގައި ހިންގި ޚާއްޞަ ކައުންޓަރ-ނާކޮޓިކްސް އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ ފިލްމީ ތަރިން ކަމަށްވާ އަޙްމަދު އަޒްމީލް (އަޒޭ) އާއި އިސްމާޢީލް ޖުމައިހު (ޖުމާ) އަދި މުޙައްމަދު ވިޝާލް (ރޯމަން) ގެ އިތުރުން ޝާހިލް މުޙައްމަދެވެ. މި އެންމެންނަކީ ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެ، ޑްރަގް ޓްރެފިކްކުރުމުގެ ތުހުމަތު އޮތް ބައެކެވެ.


އެ މީހުން ހައްޔަރުކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ އެންމެ ފުރަތަމަ 15 ދުވަހުގެ މުއްދަތެއް ދީފައެވެ. އެ މުއްދަތު މި މަހުގެ 24 ވަނަ ދުވަހަށް ހަމަވާން އޮތް ނަމަވެސް، މުއްދަތު ހަމަވުމުގެ ކުރިން ފުލުހުން ވަނީ އެ ހަތަރު މީހުންވެސް ބަންދުން ދޫކޮށްލާފައެވެ.


މިކަމާ ގުޅޭގޮތުން ފުލުހުން މަޢުލޫމާތު ދިން ގޮތުގައި، އެމީހުން ބަންދުން ދޫކޮށްލީ މައްސަލައިގެ ތަޙުޤީޤު ފުރިހަމަކޮށް، ޝަރީޢަތަށް މައްސަލަ ހުށަހެޅުމަށްޓަކައި ޕީޖީ އޮފީހަށް ފޮނުވުމަށްފަހުގައެވެ.


މީގެއިތުރުން ފުލުހުން ބުނީ، މި މައްސަލައިގެ ޝަރީޢަތުގެ މަރުޙަލާ ކުރިއަށްދާ ވަގުތު، އެމީހުން އަލުން ބަންދުކުރުމަށް ނުވަތަ ހައްޔަރުގައި ބައިތިއްބަން ކޯޓަކުން އަމުރުކޮށްފިނަމަ، އެ އަމުރަކާ އެއްގޮތަށް ޤާނޫނީ ފިޔަވަޅު އަޅައި ތަންފީޒުކުރަމުން ގެންދާނެ ކަމަށެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement