ނައިފަރުގެ އައު ބަނދަރުގެ ފަޅު ފުންކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ޅ. ނައިފަރު ބަނދަރު ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢުގެ ދަށުން، އެ ރަށު އައު ބަނދަރުގެ ފަޅު ފުންކުރުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ރަސްމީކޮށް ފަށައިފިއެވެ.
މި މަޝްރޫޢުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރަމުން އެމްޓީސީސީން ހާމަކުރި ގޮތުގައި، ނައިފަރުގެ ބަނދަރު ހެދުމުގެ މަސައްކަތް މިހާރު ދަނީ ބާރު ސްޕީޑެއްގައި ކުރިއަށެވެ. އެގޮތުން، މިހާރު އެ ސައިޓުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ އައު ބަނދަރަށް ކަނޑައަޅާފައިވާ ސަރަހައްދުގެ ފަޅު ފުންކުރުމުގެ މަސައްކަތްތަކެވެ.
ޅ. ނައިފަރުގެ ބަނދަރުގެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަގުސޫދުގައި ކުރިއަށްގެންދާ މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 47.50 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ. މި މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ރަސްމީކޮށް ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 25 ވަނަ ދުވަހުއެވެ.
މި މަޝްރޫޢު ނިމިގެންދާއިރު، ނައިފަރުގެ ލަފާފުރުމުގެ ދަތިތަކަށް ބޮޑު ލުޔެއް ލިބި، ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ޙަރަކާތްތަކަށް ބޮޑެތި ފަސޭހަތަކެއް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.
ރިއެކްޝަންސް





