އިންނަމާދޫ އަދި މާރަންދޫގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކެއް އެމްޓީސީސީއާ ހަވާލުކޮށްފި

އިންނަމާދޫ އަދި މާރަންދޫގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކެއް އެމްޓީސީސީއާ ހަވާލުކޮށްފި

13 hours ago - 21:31
Advertisement
Advertisement

ރާއްޖޭގެ ދެ ރަށެއްގެ ތަރައްޤީގެ މުހިންމު ދެ މަޝްރޫޢެއް ކުރިއަށް ގެންދިއުމަށްޓަކައި، އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ދެމެދު މިއަދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.


މި އެއްބަސްވުންތަކުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދެވެ. މި އެއްބަސްވުންތަކުގެ ދަށުން މަޝްރޫޢުތައް ހިންގުމަށް ހަމަޖެހިފައިވަނީ ރ. އިންނަމާދޫ އާއި ހއ. މާރަންދޫގައެވެ.


އިންނަމާދޫ މޫދަށް އެރޭ ސަރަހައްދު ތަރައްޤީކުރުން:180 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި އިންނަމާދޫ މަޝްރޫޢުގެ ދަށުން، 100 މީޓަރުގެ ބޮޑުހިލަ ގްރޮއިން ޖެހުމާއި، 200 މީޓަރުގެ ބޮޑުހިލަ ބްރޭކްވޯޓަރެއް ޤާއިމުކުރުން ހިމެނެއެވެ. މީގެ އިތުރުން 4،100 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ބީޗް ނަރިޝްމަންޓް ހެދުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.


މާރަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު:މާރަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން އެ ރަށުގެ 2.28 ހެކްޓަރުގެ ސަރަހައްދެއް ބެކްފިލް ކުރުމާއި، 939 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި 312 މީޓަރުގެ ބޮޑުހިލަ ލޯކްރެސްޓް ބްރޭކްވޯޓަރެއް ޤާއިމުކުރުމާއި، 180 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތްވެސް ހިމެނެއެވެ.


މި ދެ މަޝްރޫޢު ނިމުމުން ހއ. މާރަންދޫ އަދި ރ. އިންނަމާދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ގޮނޑުދޮށް ގިރުމުގެ މައްސަލައަށާއި، މޫދަށް އެރޭނެ އެކަށީގެންވާ ސަރަހައްދެއް ނެތުމުގެ ދަތިކަމަށް ދާއިމީ އަދި ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ހާމަކުރެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement