ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭން ޚިދުމަތް ފެށުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރާތައް ފަށައިފި
ސިޓީ ސްކޭން ބަހައްޓާ ކޮޓަރި އިންސްޕެކްޓް ކުރުމުގެ ތެރެއިން / ފޮޓޯ: ފުވައްމުލަކު ހޮސްޕިޓަލް

ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭން ޚިދުމަތް ފެށުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރާތައް ފަށައިފި

1 year ago - 20:31
Feb 19, 2025 - 21:06
Advertisement
Advertisement

ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭން ޚިދުމަތް ފެށުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް މިހާރު ނިމެމުން އަންނަކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އެގޮތުން ސިއްހީ ވުޒާރާގެ ޓެކްނިކަލް ޓީމެއް ފުވައްމުލަކު ހޮސްޕިޓަލަށް ޒިޔާރަތްކޮށް ސީޓީ ސްކޭން ކޮޓަރީގެ އެންމެ ފަހުގެ އިންސްޕެކްޝަން ހަދާ، އެކޮޓަރީގައި  ސީޓީ ސްކޭން މެޝިން ބެހެއްޓުމަށް އެތަން ތައްޔާރުވެފައިވާ މިންވަރު ކަށަވަރުކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. 

މި އިންސްޕެކްޝަނަކީ ސިޓީ ސްކޭން ފެށުމުގެ ކުރިން ހަދާނެ އެންމެފަހުގެ އިންސްޕެކްޝަނެވެ. މި އާއިއެކު ހޮސްޕިޓަލުގެ ޓީމުން މިހާރު ދަނީ މި މުހިންމު ޚިދުމަތް ވީހާވެސް އަވަހަކަށް ފުވައްމުލަކުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރަންޖެހޭ  މަސައްކަތްތައް ކުރަމުންނެވެ. 

މިއީ ފުވައްމުލަކުގެ ޞިއްޙީ ޚިދުމަތްތައް ފުޅާކޮށް، ޒަމާނީ ވަސީލަތްތައް ތަޢާރަފުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މި ޚިދުމަތް ފެށުމުން، ފުވައްމުލަކުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ސީޓީ ސްކޭން ހެދުމުގެ ފުރުޞަތު އަމިއްލަ ފަސްގަނޑުގައި ތިބެ ލިބިގެންދާނެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement