ރައުދުގެ ބަންދަށް ކޯޓުން ޖެހީ 5 ދުވަސް
ރައުދު އަހްމަދު ޒިލާލް / ފޮޓޯ: ފުލުހުން

ރައުދުގެ ބަންދަށް ކޯޓުން ޖެހީ 5 ދުވަސް

12 months ago - 18:11
Apr 25, 2025 - 18:35
Advertisement
Advertisement

މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލާގައި ތުހުމަތުތައް ކުރެވޭ ރައުދު އަހްމަދު ޒިލާލުގެ ބަންދަށް ކޯޓުން މިއަދު ފަސް ދުވަސް ޖަހައިފި އެވެ.

އުމުރުން 21 އަހަރުގެ ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް، ކޯޓު އަމުރެއްގެ ދަށުން ރޭގެ 6.20 އެހާކަށްހާއިރު ފުލުހުން ހައްޔަރުކޮށްފައި ވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. މިޓާޒްގޭގެ މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާއި ގުޅިގެންނެވެ.

ފުލުހުން ވިދާޅުވި ގޮތުގައި ރައުދު ހައްޔަރުކުރީ އަންހެންކުއްޖާ ވެއްޓުނު ހާދިސާގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭތީއާއި، އަދި ހާދިސާ ހިނގި ވަގުތު އޭނާ މަސްތުގެ ހާލަތުގައި ހުރިކަމަށް ބެލެވޭތީކަމަށެވެ. މީގެ އިތުރުން، ޖިންސީ ގޯނާގެ ތުހުމަތު ވެސް އޭނާއާ ދެކޮޅަށް ކުރެވިފައިވެއެވެ.

މި މައްސަލައިގެ ތަޙުޤީޤުގެ ތެރެއިން، ރައުދުއާއި އަންހެން މީހާ ހިމެނޭ ގޮތަށް އިތުރު ހަތް މީހެއްގެ ފޯނާއި ޕާސްޕޯޓު ވަނީ ހިފަހައްޓާފައެވެ. އަދި މައްސަލައާ ގުޅުންހުރި ކަމަށް ބެލެވޭ ބައެއް ތަންތަން ވަނީ ބަލައި ފާސްކޮށްފައެވެ. ފުލުހުން ވިދާޅުވީ މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާ ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement