ރައީސުލްޖުމުހޫރިއްޔާ ޢީދު ތަހުނިޔާ ފޮނުއްވައިފި
ރައީސްގެ ދެކަނބަލުންގެ އީދު ސަލާންކުރެއްވުން މާދަމާ އޮންނާނެ / ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމުހޫރިއްޔާ ޢީދު ތަހުނިޔާ ފޮނުއްވައިފި

12 months ago - 21:36
Mar 29, 2025 - 21:47
Advertisement
Advertisement

ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހާ ދިވެހި އަހުންނާއި އުޚުތުންނަށް އުފާވެރި ފިތުރު އީދުގެ ހެޔޮއެދުމާއި ތަހުނިޔާ  ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ފޮނުއްވައިފައެވެ.

ވީޑިއޯ މެސެޖެއް މެދުވެރިކޮށް ރައީސް ވިދާޅުވީ ނިމިގެންދިޔަ ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮ ދަރުމައާއި ސަވާބު އަޅުގަނޑުމެން އެންމެނަށް މިންވަރު ކުރެއްވުން އެދި ދުޢާ ކުރައްވާކަމަށާއި، އަދި ބަރަކާތްތެރި ފިތުރު ޢީދުގެ ހެޔޮ ދުޢާ ތަހުނިޔާ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސް ކުރައްވާ ކަމަށެވެ.

މާދަމާ އަކީ ރާއްޖެއަށް މި އަހަރުގެ ފިތުރު އީދު ދުވަސް ކަމަށް ކަނޑައަޅާ އިސްލާމިކް މިނިސްޓްރީން ވަނީ ޝައްވާލު މަހުގެ ހަނދާބެހޭ ޤަރާރު އިއްވަވާފަ އެވެ.

އެ ޤަރާރުގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ އެއްވެސް ރަށަކަށް މިރޭ ޝަޢްވާލު މަހުގެ ހަނދު ފެނިފައި ނުވި ނަމަވެސް އިސްލާމީ ބައެއް ޤައުމުތަކަށް ޝަޢްވާލު މަހުގެ ހަނދު ޘާބިތުވެއްޖެ ކަމުގެ ޚަބަރު ރަސްމީކޮށް ލިބިފައިވާތީ ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމުގައި ރާއްޖެއިން އަމަލު ކުރަން ހަމަޖެހިފައިވާ އުސޫލުގެ މަތީން މިއަދަކީ މި އަހަރުގެ ރަމަޟާން މަހުގެ ފަހު ދުވަސް ކަމަށާ މި އަހަރުގެ ފިތުރު އީދު ދުވަހަކީ މާދަމާ ކަމަށް ކަނޑައަޅާ ކަމަށެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement