ބްރިޖްގެ މަސައްކަތް ކުރާ އެފްކޮންސްގެ މުވައްޒަފަކު ޒަޚަމްވެ, މަރުވެއްޖެ
ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރަނީ: ފޮޓޯ- ކޮންސްޓަރަކްޝަން މިނިސްޓްރީ

ބްރިޖްގެ މަސައްކަތް ކުރާ އެފްކޮންސްގެ މުވައްޒަފަކު ޒަޚަމްވެ, މަރުވެއްޖެ

17 days ago - 10:36
Advertisement

 

ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރާ އެފްކޮންސްގެ މުވައްޒަފަކު ޒަޚަމްތަކެއްވެ, މަރުވެއްޖެ އެވެ.

ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށެވެ. ފުލުހުންނަށް އެމައުލޫމާތު ލިބުނީ އެމީހާ ހޮސްޕިޓަލަށް ގެންދިޔަ ފަހުން ރޭ ފަތިހު ކަމަށް ފުލުހުން ބުންޏެވެ. އެމީހާ ޒަޚަމްވާން މެދުވެރިވި ސަބަބެއް އަދި ލިބުނީ ކޮންކަހަލަ ޒަޚަމެއް ކަމެއް ފުލުހުން އަދި ނުބުނެއެވެ. ފުލުހުން ބުނީ ތަހުގީގު ކުރަމުން ދާކަމަށެވެ.

ބްރިޖްގައި މިހާރު ކުރަމުންދަނީ ވިލިމާލެއާއި މާލެ ގުޅާލުމަށް ތަނބުތައް ޖެހުމުގެ މަސައްކަތެވެ. އެފްކޮންސް އަކީ އިންޑިޔާގެ ކުންފުންޏެވެ. ބްރިޖް އަޅަނީ އިންޑިޔާގެ އެހީގެ ދަށުންނެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement