ހިމާޔަތްކޮށްފައިވާ އައްޑޫ ސިޓީގެ ޗަސްބިމުގައި ރޯވެއްޖެ
ހިމާޔަތްކޮށްފައިވާ އައްޑޫ ސިޓީގެ ޗަސްބިމުގައި ރޯވެއްޖެއެވެ. އައްޑޫ ސިޓީ ހުޅުމީދޫގައި އޮންނަ މަތިކިޅި އިކޯގާޑެންގައި އޮންނަ ޗަސްބިމުގައި ރޯވިކަމުގެ މައުލޫމާތު ލިބުނީ މިއަދު ހަވީރު 5:30 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑީއެފްއިން ބުނީ އަލިފާން ނިއްވުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ. އަލިފާން ރޯވާން މެދުވެރިވި ސަބަބެއް ސާފެއް ނޫނެވެ. ނަމަވެސް އެމްއެންޑީއެފްއިން ޢާއްމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުން ވަރަށް ބޮޑަށް ވަނީ ރޯވެފައެވެ.
މިހާދިސާގައި މީހަކަށް އަނިޔާއެއް ނުވެއެވެ.
ރިއެކްޝަންސް