ކަނޑުމަގުން ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި އަންހެނަކު ހައްޔަރުކޮށްފި
ހަްޔަރުކުރީ ފުވައްމުލަކު އަންހެނެއް

ކަނޑުމަގުން ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި އަންހެނަކު ހައްޔަރުކޮށްފި

1 year ago - 18:15
Jan 25, 2025 - 18:15
Advertisement
Advertisement

ކަނޑުމަގުން ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި އެރަށު އަންހެނަކު ހައްޔަރުކޮށްފި އެވެ. އެމައްސަލައިގައި މިއަދު ހައްޔަރުކުރީ ފުވައްމުލަކު ރޯޒީ މަރިޔަމް ފަޒީލާ ހުސެއިން (40އ) އެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ ބޯޓަކުން ފުވައްމުލަކަށް ގެންދިޔަ ފޮށިގަނޑެއް ބަލާ ފާސްކޮށް, އެފޮށިގަނޑުން މަސްތުވާތަކެތި ކަމަށް 'ޝައްކުކުރެވޭ' އެއްޗެއް ހުރުމުން ކަމަށެވެ. ހައްޔަރުކުރީ ފަޒީލާއަކީ އެފޮށިގަނޑާ ހަވާލުވުމަށް ދިޔަ މީހާ ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން ބުނީ އެއޮޕަރޭޝަނަކީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. ފުލުހުން ބުނީ ފަޒީލާ ހައްޔަރުކުރީ ބޯޓުން ގެނައި ފޮށިގަނޑުގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި މައްސަލައާ ގުޅިގެން ކަމަށެވެ. އޭނާ ހައްޔަރުކުރީ ސީދާ ފޮށިގަނޑާ ހަވާލުވާން ދިއުމުން ކަމަކަށް ފުލުހުން ނުބުނެއެވެ. އެކަމަކު އޭނާ ހައްޔަރުކުރީ ހެނދުނު 10:45 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement