ސިޔާމަށް ފަލާހުގެ ރައްދެއް!
މެމްބަރު ފަލާހު މަޖިލިހުގައި ވާހަކަ ދައްކަވަނީ: ފޮޓޯ-ރައްޔިތުންގެ މަޖިލިސް

ސިޔާމަށް ފަލާހުގެ ރައްދެއް!

2 days ago - 15:38
Oct 16, 2024 - 15:39
Advertisement

އަހަރުން އަހަރަށް ޓެކްސް ބޮޑުކުރަމުންދާނަމަ ގައުމު އިނދަޖެހިދާނެ ކަމަށް މީދޫ ދާއިރާގެ މެމްބަރު އަދި ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުޙައްމަދު ވިދާޅުވުމުން, ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު އެއަށް ރައްދު ދެއްވައިފި އެވެ.

ޓޫރިޒަމް ދާއިރާގެ ޓެކްސް ބޮޑުކުރަން ސަރުކާރުން ހުށަހެޅި ބިލަށް ވާހަކަ ދައްކަވަމުން ޓޫރިޒަމް ދާއުރާގެ ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުޙައްމަދު ވިދާޅުވީ ކުރަންވީ ކަމަކީ ޚަރަދުތައް ކުޑަކުރުން ކަމަށެވެ. ޚަރަދު ކުޑަނުކޮށް ޓެކްސް ބޮޑު ކުރާނަމަ ގައުމު އިނދަޖެހިދާނެ ކަމަށް ސަރުކާރަށް ދާއީދުކޮށްގެން ހުންނެވި ސިޔާމް ވިދާޅުވިއެވެ.

ނަމަވެސް ސިޔާމްގެ ފަހުން ވާހަކަ ދައްކަވަމުން އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހު ވިދާޅުވީ ޓެކްސް ބޮޑުކުރުމަކީ މިވަގުތު ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ. އެއީ ވިޔަފާރިވެރިން ހިތްހަމަ ޖެހުނަސް ނުޖެހުނަސް ކުރަން ޖެހޭ ކަމެއް ކަމަށް ފަލާހު ވިދާޅުވިއެވެ. ފަލާހު ވިދާޅުވީ އެނިންމުން ވިޔަފާރިވެރިންނަށް ހިތްގައިމު ވާން ނުޖެހޭ ކަމަށެވެ. ވިޔަފާރިވެރިންނަށް ސަރުކާރުން ފަހިކޮށްދެއްވާ ކަންކަމަށް އިޝާރާތްކުރައްވާ ފަލާހު ވިދާޅުވީ އެއަށް ބަލާއިރު ނަގާ އަދަދު އަދިވެސް ކުޑަ ކަމަށެވެ.

Advertisement

ފަލާހު ވިދާޅުވީ މިރާއްޖެއަށް, ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަކީ ގައުމު ސަލާމަތްކުރުމަށް ކޮންމެހެންވެސް މިއަދު ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ. ފަލާހު ވަނީ އިދިކޮޅު އެމްޑީޕީއަށްވެސް ފާޑުވިދާޅުވެފައެވެ. ވިދާޅުވީ މިއަދު މިސަރުކާރުން ދިވެހިރައްޔިތުންނަށް ޓަކައި, ގެންނަމުން މިދާ ކޮންމެ ހެޔޮބަދަލަކީ އެމްޑީޕީން ގެންނަން ނިންމާފައިވާ ބަދަލެއް ކަމަށް ބުނަމުންދާ ކަމަށެވެ. އެކަމަކު ފަސް އަހަރު ނިމުނު އިރުވެސް އެއްވެސް ބަދަލެއް ނުއެއް ގެނެވުނު ކަމަށް ފަލާހު ވިދާޅުވިއެވެ.

" ހަމަ ރައްޔިތުންނަށް ފައިދާއަށް ލާބަޔާ މަންފާހުރި ކޮންމެ ކަމެއް ކޮންމެ އިސްލާހެއް, ކޮންމެ ބަދަލެއް ކޮންމެ އާމްދަނީ ލިބޭ ބިލެއް މިތަނަށް ހަމަ ވައްދާތަނުން އެބޭފުޅުން ވިދާޅުވަނީ ތިއީ ތިމަންނާމެންގެ ސަރުކާރުން ކުރަން ނިންމާފައޮތް ކަމެކޭ." ފަލާހު ވިދާޅުވިއެވެ.

އެމްޑީޕީ ސަރުކާރުގެ ފަސްއަހަރު ނިމިގެން ދިޔައިރު ދައުލަތުގެ ބަޖެޓް ކޮންމެ އަހަރަކު ފެށީ 30 ބިލިއަނުން ކަމަށާއި, މިއަހަރުގެ ބަޖެޓް 49 ބިލިއަނަށް އެރިއިރު ޕްރޮޖެކްޓްތައް ނިންމާނެ ފައިސާ ޕްރޮޖެކްޓްތަކަށް ހިމަނާފައި ނެތްކަމަށްވެސް ފަލާހު ވިދާޅުވިއެވެ.

 

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement