މާލެ ސަރަހައްދުން ކެމިކަލް ގުދަންކޮށްފައި ހުރި 206 ތަނެއް ސިފައިންގެ އޮޕަރޭޝަނުން ފާހަގަކުރެވިއްޖެ
އެމްއެންޑީއެފްގެ ހިރާސް އޮޕަރޭޝަން: ފޮޓޯ-އެމްއެންޑީއެފް

މާލެ ސަރަހައްދުން ކެމިކަލް ގުދަންކޮށްފައި ހުރި 206 ތަނެއް ސިފައިންގެ އޮޕަރޭޝަނުން ފާހަގަކުރެވިއްޖެ

2 days ago - 12:40
Oct 16, 2024 - 12:40
Advertisement

މާލެ ސަރަހައްދުގައި ކެމިކަލް ގުދަންކޮށްފައި ހުރި 206 ތަނެއް ފާހަގަކުރެވިއްޖެ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ. އެއީ 144 ގުދަނާއި, 62 ފިހާރައެވެ.

އެމްއެންޑީއެފްއިން މިއަދަދުތައް ހާމަކުރީ ކެމިކަލް ރައްކާކުރުމުގައި ބަޔާންކުރާ ޤަވާޢިދުތަކަށް އާންމު ރައްޔިތުން ހޭލުންތެރިކުރުވުމަށް ކުރިއަށް ގެންދިޔަ "އޮޕަރޭޝަން ހިރާސް ފާސް 2024" އަށް ފަހުއެވެ.

އެއޮޕަރޭޝަން ނިންމާލުމަށްފަހު އެމްއެންޑީއެފް އިން ބުނީ 15 ދުވަހުގެ އޮޕަރޭޝަންގައި ނުރައްކާތެރި ކެމިކަލް ގުދަންކުރާ 144 ގުދަނާއި ކެމިކަލް ވިއްކާ 62 ފިހާރައެއްގެ މަޢުލޫމާތު އެއްކޮށްފައި ވާކަމަށެވެ. މީގެއިތުރުން

އިންސްޕެކްޝަން ޓީމްތަކުން މީހުން ދިރިއުޅޭ 399 އިމާރާތެއް ބެލިކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.

Advertisement

މި އޮޕަރޭޝަންގައި ކެމިކަލް ރައްކާކުރާ ތަންތަނާއި ވިޔަފާރިކުރާ ތަންތަން ހިންގަނީ ޤަވާއިދާ އެއްގޮތަށްތޯ ބެލުމުގެ އިތުރުން، ގްރޭޓަރ މާލެ އޭރިއާގައި ފަސޭހައިން އަލިފާންރޯވާ ފަދަ ތަންތަނާއި އެ ތަންތަނުގައި ހުރި ހިރާސްތައް ދެނެގަނެފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. މި އޮޕަރޭޝަންގައި މާލެ ސިޓީ، ހުޅުމާލެ، ވިލިމާލެ އަދި ތިލަފުށީގައި އިންސްޕެކްޝަން ކުރިއަށް ގެންދިޔައެވެ.

އޮޕަރޭޝަން ކުރިއަށް ގެންދިޔައީ މިމަހުގެ 1-15 އަށެވެ. މި އޮޕަރޭޝަނުގައި އެމްއެންޑީއެފް އެފްއާރުއެސްއާއި، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބައިވެރިވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement