ފުނަދޫ އެއާޕޯޓް ވަގުތީގޮތުން ބަންދުކޮށްފި
ފުނަދޫ އެއާޕޯޓް ވަގުތީގޮތުން ބަންދުކުރި އިރު ހުޅުވޭނެ ވަކި ދުވަހެއް އަދި ނޭނގޭ/ ފޮޓޯ: މޯލްޑިވިއަން

ފުނަދޫ އެއާޕޯޓް ވަގުތީގޮތުން ބަންދުކޮށްފި

11 months ago - 13:13
Jun 7, 2025 - 13:57
Advertisement
Advertisement

ޓެކްނިކަލް މައްސަލައެއް ދިމާވުމާ ގުޅިގެން ށ. ފުނަދޫ އެއާޕޯޓް ވަގުތީގޮތުން ބަންދުކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ އެކްސްމެދުވެރިކޮށް މޯލްޑިވިއަނުން ކުރި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި މޯލްޑިވިއަނުން ބުނީ ޓެކްނިކަލް މައްސަލައެއް ދިމާވުމާ ގުޅިގެން އެ އެއާލައިނުން ށ.ފުނަދޫއަށް މިއަދުކުރުމަށް ހަމަޖެހިފައިވާ ޝެޑިއުލް ފްލައިޓްތައް އޮޕަރޭޓް ނުކުރެވޭނެކަމަށެވެ.

ދަތުރުތަކަށް އަސަރުކުރި ފަސިންޖަރުންނަށް ދަތުރުކުރެވޭނެ އެހެން ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އަދި އެ ފަސިންޖަރުންނާ މުއާމަލާތްކުރާނެ ކަމަށްވެސް މޯލްޑިވިއަނުން ބުންޏެވެ.

އާއްމުގޮތެއްގައި މޯލްޑިވިއަން އިން ފުނަދޫއަށް ދަތުރުކުރަނީ ހަފްތާއަކު ތިން ދުވަހުއެވެ. އެއީ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހެވެ.

ޓެކްނިކަލް މައްސަލައެއް ދިމާވެފައި ވީނަމަވެސް އެއީ ކޮންމައްސަލެއްކަމެއް އަދި އެއާޕޯޓް އަލުން ހުޅުވޭނެ ވަގުތެއް އެކުންފުނިން އަދި ބުނެފައެއް ނުވެއެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement