އާންމު ޞިއްޙަތާއި އިޤްތިޞާދީ ހަމަޖެހުމަށް ކާބޯތަކެތީގެ ރައްކާތެރިކަން މުހިންމު: ރައީސް މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު / ފޮޓޯ: ރައީސް އޮފީސް

އާންމު ޞިއްޙަތާއި އިޤްތިޞާދީ ހަމަޖެހުމަށް ކާބޯތަކެތީގެ ރައްކާތެރިކަން މުހިންމު: ރައީސް މުޢިއްޒު

މިއަދަކީ ދުނިޔޭގައި ފާހަގަކުރާ "ވޯލްޑް ފުޑް ސޭފްޓީ ޑޭ"

8 hours ago - 13:43
Jun 7, 2025 - 13:57
Advertisement
Advertisement

ކާބޯތަކެތީގެ ރައްކާތެރިކަމަކީ އާންމު ޞިއްޙަތާއި އިޤްތިޞާދީ ހަމަޖެހުމަށް މުހިންމު ކަމެއް ކަމަށް  ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ "ވޯލްޑް ފުޑް ސޭފްޓީ ޑޭ" އާއި ގުޅިގެން އެކްސް މެދުވެރިކުރައްވާ ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ރައީސް މުޢިއްޒު ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަމަކީ ކޮންމެ މީހަކަށްވެސް އަސަރުކުރާނެ ކަމެއް ކަމަށާއި، ރައްކާތެރި އަދި ފައިދާހުރި ކާނާ ފޯރުކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ.

މިއަދު ފާހަގަކުރާ "ވޯލްޑް ފުޑް ސޭފްޓީ ޑޭ"ގެ މިއަހަރުގެ ޝިޢާރަކީ "ފުޑް ސޭފްޓީ: ސައިންސް އިން އެކްޝަން" ކަމަށްވާ އިރު، މި ޝިޢާރުގެ ދަށުން ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ދެނެގަނެ، އެކަންކަމުން ރައްކާތެރިވުމަށް ސައިންޓިފިކް ދިރާސާތަކުގެ މުހިންމުކަން ވެސް ރައީސްގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.

ދުނިޔޭގައި "ވޯލްޑް ފުޑް ސޭފްޓީ ޑޭ" ފާހަގަކުރަމުންދާއިރު މިއަދު ރަނގަޅުކާނާ ނުލިބިގެން ދުނިޔެއިން ކޮންމެ ދުވަހަކު އެތައްބަޔަކު ދަނީ މަރުވަމުންނެވެ. އަދި ވަކިން ހާއްސަކޮށް ފަލަސްތީނުގައި އިސްރާއިލުން ކުރިއަށްގެންދާ އިންސާނިއްޔަތުކަމެއްނެތް ލާއިންސާނީ ޢަމަލުތަކުގެ ސަބަބުން ފަލަސްތީނުގެ ނިކަމެތި އެތައް ރައްޔިތަކު ވަނީ ކާނެ ބޯނެ އެއްޗެއްނެތި މަރުގެ ތުންފަތްމައްޗަށް ހުށަހެޅިފައެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement