ޑައިލިސިސްގެ ޚިދުމަތް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުރިހާ އަތޮޅެއްގައި ފަށަނީ
ސިއްޙަތާއި ބެހޭ ވަޒީރު އަބުދުﷲ ނާޒިމް / ފޮޓޯ: މިނިސްޓްރީ

ޑައިލިސިސްގެ ޚިދުމަތް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުރިހާ އަތޮޅެއްގައި ފަށަނީ

މިހާރުވެސް ރާއްޖޭގެ ގިނަ އަތޮޅުތަކަކުން ޑައިލިސިސްގެ ޚިދުމަތް ލިބޭ

10 hours ago - 11:14
Jun 7, 2025 - 11:16
Advertisement
Advertisement

މިއަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް ދާއިރު ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ޑައިލިސިސް ސެންޓަރު ތަރައްޤީކޮށް ކޮށް ޚިދުމަތް ދޭން ފަށާނެ ކަމަށް ސިއްޙަތާއިބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ  މީޑިއާ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުގެ ދަށުން އަތޮޅުތަކަށް ޑައިލިސިސްގެ ޚިދުމަތް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މިހާރު ވަނީ ގިނަ އަތޮޅުތަކެއްގައި މި ޚިދުމަތް ފަށާފައިކަމަށައި، އެންމެ ފަހުން ޑައިލިސިސްގެ ޚިދުމަތް ފަށާފައިވަނީ ނ. ވެލިދޫ، މ. މުލި، ތ. އަތޮޅު އަދި ގއ. އަތޮޅު ހޮސްޕިޓަލުގައިކަމަށް ވަޒީރު ވިދާލުވިއެވެ.

ވަޒީރު ވިދާޅުވީ ސެޕްޓެމްބަރު މަހާ ހަމައަށް ދާއިރު ހުރިހާ އަތޮޅެއްގައި މި ޚިދުމަތް ފުޅާކުރާނެ ކަމަށާއި، އަދި ވަކި އަދަދަކަށްވުރެ ޑައިލިސިސް ބަލިމީހުން ގިނަ ރަށްތަކަށް އަމާޒުކޮށްގެންވެސް މި ޚިދުމަތް އިތުރަށް ފުޅާކުރާނެ ކަމަށެވެ.

ޑައިލިސިސްގެ ޚިދުމަތަކީ ކިޑްނީ ބަލި ޖެހި ޖެހިފައިވާ މީހުންނަށް ކޮންމެ ހަފްތާއަކު 2-3 ދުވަހު، ދުވާލަކު 4 ގަޑިއިރު ލޭ ސާފުކުރުމަށް ދެވޭ ޚިދުމަތެކެވެ.

Advertisement
Advertisement

ކިޑްނީ ބަލިތަކަކީ ރާއްޖޭގައި މިހާރަކަށް އައިސް ވަރަށް އާއްމު ބަލިތަކެކެވެ. އެގޮތުން ރާއްޖޭގެ ވަރަށް ގިނަ ހިސާބުތަކުގައި މިބަލިޖެހިފައިވާ ވަރަށް ގިނަމީހުން ދިރިއުޅެމުންގެންދެއެވެ. އެހެންކަމުން މިގޮތަށް އަތޮޅުތަކުން ޚިދުމަތް ލިބުމަކީ މިފަދަ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑަށް ލުއިފަސޭހަކަމެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement