ރަޝިއާގެ އެންމެ ބޮޑު އަމިއްލަ އެއާލައިން، އެސްސެވަން އިން ރާއްޖެއަށް ދަތުރުތައް ފަށައިފި

ރަޝިއާގެ އެންމެ ބޮޑު އަމިއްލަ އެއާލައިން، އެސްސެވަން އިން ރާއްޖެއަށް ދަތުރުތައް ފަށައިފި

1 hour ago - 08:19
Nov 1, 2026 - 08:21
Advertisement
Advertisement

ރަޝިއާގެ އެންމެ ބޮޑު އަމިއްލަ އެއާލައިން ކަމަށްވާ އެސްސެވަން އެއާލައިނުން ރާއްޖެއަށް ކުރާ ޝެޑިއުލް ދަތުރުތައް ރަސްމީކޮށް ފަށައިފިއެވެ.


މި ދަތުރުތައް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އެސްސެވަން އެއާލައިންގެ މި ދަތުރުތައް ކުރަނީ ރަޝިއާގެ ނޮވޮސިބިރްސްކް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށެވެ. މި އެއާލައިންގެ ފުރަތަމަ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖެއްސުމާއެކު ވޯޓާ ސެލިއުޓެއް އަރުވާފައިވާއިރު، މި އެއާލައިނުން ރާއްޖެ އައި ފަސެންޖަރުންނަށް ހޫނު މަރުހަބާއެއް ވަނީ ކިޔައިފައެވެ.

މި އެއާލައިންގެ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ހަފްތާގެ ހޯމަ އަދި ހުކުރު ދުވަހެވެ. މި ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެއާބަސް އޭ320 މަރުކާގެ ބޯޓުފަހަރެވެ.

ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން، މި ފަހުން ވަނީ ރަޝިއާއަށް ދަތުރުކޮށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށް ގިނަ މަޝްވަރާތަކެއް ބާއްވައިފައެވެ. އަމީން ވިދާޅުވެފައިވާ ގޮތުގައި އަހަރުގެ ފަހު ކުއާޓަރުގައި އިތުރު ހަތް އެއާލައިންއަކުން ރާއްޖެއަށް ދަތުރުތައް ފަށާނެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement