
ޓޮޓެންހަމްއަށް 17 އަހަރުގެ ތެރޭގައި ފުރަތަމަ ތަށި ހޯދައިދިން ކޯޗު ޕޮސްޓެކޮގްލޫ މަޤާމުން ވަކިކޮށްފި
މަޤާމުން ވަކިކޮށްފައިވަނީ ޓޮޓެންހަމް އަށް ޔުރޮޕާ ލީގު ހޯދައިދިންތާ 16 ދުވަސް ފަހުން
ޓޯޓެންހަމް ހޮޓްސްޕަރސް އަށް 17 އަހަރުގެ ތެރޭގައި ފުރަތަމަ ތަށި ހޯދައިދިން އޮސްޓްރޭލިއާގެ ކޯޗު އަންގް ޕޮސްޓެކޮގްލޫ މަޤާމުން ވަކިކޮށްފިއެވެ. އޭނާ މަޤާމުން ވަކިކޮށްފައިވަނީ ޓޮޓެންހަމްއަށް ޔުރޮޕާ ލީގު ކާމިޔާބުކޮށްދިންތާ 16 ދުވަސް ފަހުންނެވެ.
17 އަހަރުވަންގެ ތައްޓެއްގެ އިންތިޒާރުގައި އޮތް ސްޕަރސް އަށް ޕޮސްޓެކޮގްލޫ ނިމުންގެނުވީ ބިލްބާއޯގައި ކުޅުނު ޔުރޮޕާ ލީގުގެ ފައިނަލްގައި މެންޗެސްޓަރ ޔުނައިޓަޑް 1-0 ން ބަލިކޮށްގެންނެވެ. އޭނާ މަޤާމުން ވަކިކުރާނެ ކަމުގެ އަޑުތައް މީގެ ކުރިންވެސް ވަނީ ފެތުރިފައެވެ.
މިއީ ޓޮޓެންހަމްގެ ޕްރިމިއަރ ލީގުގެ ތާރީޙްގައި އެންމެ ދަށް ނަތީޖާއެއް ލިބުނު ސީޒަނެވެ. ސީޒަން ނިންމާލިއިރު ޓޮޓްނަމް އޮތީ ތާވަލްގެ 17 ވަނައިގައެވެ. އެހެންކަމުން ޕޮސްޓެލޮގްލޫގެ މަޤާމް ގެއްލުމާ އެންމެ ބޮޑަށް ގުޅިފައިވަނީ ޕްރިމިއަރ ލީގުގައި ކްލަބް ހޯދި ދަަށް ނަތީޖާތަކެވެ.
ޕޮސްޓެކޮގްލޫގެ ބަދަލުގައި އޭނާގެ މަޤާމަށް އަންނާނެ ކަަމަށް ބެލެވެނީ ބްރެންޓްފޯޑްގެ ކޯޗު ތޯމަސް ފްރޭންކް އެވެ. މަޤާމަށް އަންނާކަމަށް ބެލެވޭ އިތުރު ބައެއް ކޯޗުންވެސް ލައިންގައި ތިބި އިރު ލިސްޓަގެ ކުރީގައި ބާންމައުތުގެ އެންޑޯނީ އިރައޯލާ, ފުލަމްގެ މާކޯ ސިލްވަރ, ކްރިސްޓަލް ޕެލަސްގެ އޮލިވަރ ގްލެސްނަރ އަދި ޓޮޓްނަމްގެ ކުރީގެ ކޯޗު ޕޮޗެޓިނޯވެސް ހިމެނެއެވެ.
ހަތަރު އަހަރުގެ އެއްބަސްވުމުގެ ފުރަތަމަ ދެއަހަރު ނިމުންދުވަހު ޕޮސްޓެކޮގްލޫ މަޤާމުން ވަކިކުރުމަށްފަހު ކްލަބުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކްލަބަށް އެންމެ އެންމެ ފަހުރުވެރި އެއް ވަގުތުކޮޅު ހޯދައިދިން ކޯޗު ހަނދާން ކްލަބުން އަބަދުވެސް ކުރާނެ ކަމުގައެެވެ. ޕޮސްޓޭކޮގްލޫ އަކީ ސްޕަރަސް އިން ހޯދި އިންތަށީގެ ތެރެއިން އެއްތަށި ކްލަބަށް ހޯދައިދިން ކޯޗެވެ.
މީގެ ކުރިން އޮސްޓްރޭލިއާގެ ޤައުމީޓީމަށްވެސް އިރުޝާދުދިން ޕޮސްޓެކޮގްލޫ ޓޮޓޭންހަމްގެ ކޯޗަަކަަށް ހަމަޖައްސާފައިވަނީ 2023 ވަނަ އަހަރުގެ ޖޫން މަހުއެވެ.
ރިއެކްޝަންސް






