މިއީ މެންޗެސްޓާރ ސިޓީގެ އެނބުރިއައުން: ގާޑިއޯލާ
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ 6-0 ން އިޕްސްވިޗް ޓައުން ބަލިކުރި މެޗަކީ މެންޗެސްޓަރ ސިޓީގެ އަސްލު އެނބުރި އައުން ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ. އާދިއްތަ ދުވަހު ލީގުގައި ހޯދި މޮޅާއެކު އެޓީމުން ވަނީ ޕްރިމިއަރ ލީގުގެ 4 ވަނަ އަށް ކުރިއަށް ޖެހިލާފައެވެ.
ފާއިތުވި ދެމަހެއްހާ ދުވަހު ކުޅުނު ގިނަ މެޗުތަކުން ބަލިވެ ދަށް ނަތީޖާތަކަކާއެކު އޮތް ސިޓީ އަށް ރޭގެ މެޗުގައި ފިލް ފޯޑެން ދެ ގޯލް ކާމިޔާބުކޮށްދީ, އިތުރު ގޯލެއް ކާމިޔާބު ކުރުމުގައި އެހީތެރިވެދިނެވެ. ލީގުގެ ހަތަރު ވަނައިގައި ސިޓީ އޮތް ނަމަވެސް އެއްވަނައިގައި އޮތް ލިވަޕޫލާ އަރާ ހަމަކުރަން އަދިވެސް 12 ޕޮއިންޓް ބޭނުންވެއެވެ.
"އަހަރެމެން މިތިބީ ވަރަށް އުފާވެފަ. މިޓީމް ޓީމެއްގެ ގޮތުގައި ފާއިތުވެ ދިޔަ 10 އަހަރު ފެނުނު ފެނުން އިއާދަވެއްޖެ. މި ލިބުނު ތިން ޕޮއިންޓާއެކު އަހަރެމެން ހަގީގަތުގަވެސް ވަރަށް އުފާވެއްޖެ. އެއީ އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގަށް ކޮލިފައި ވުމަށް މުހިއްމު ތިން ޕޮއިންޓް" މެޗަށްފަހު ސްކައި ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ގާޑިއޯލާ ބުނެފައި ވެއެވެ.
ގާޑިއޯލާ އިތުރަށް ބުނީ އެއީ ސިޓީގެ އެންމެ މަތީ ފެންވަރު ނޫން ކަމަށާއި އެކަމަކު ހާސިލްކުރަން ބޭނުންވި ކަންތައް ވެއްޖެ ކަމަށެވެ. އެކަމާ އޭނާ އަދި ޓީމުވެސް ތިބީ ވަރަށް ހިތްހަމަޖެހިގެން ކަމުގައި ގާޑިއޯލާ ބުންޏެވެ.
ރިއެކްޝަންސް