ވިކްޓްރީގެ ކޯޗަކަށް އާތީ, ތޮއްޕޭ އާއި އެންޑީވެސް ވިކްޓްރީއަށް
ކޯޗު މުޙައްމަދު އާތިފް ވިކްޓްރީގެ އެއްބަސްވުމުގައި ސޮއިކުރަނީ: ފޮޓޯ-ވިކްޓްރީ

ވިކްޓްރީގެ ކޯޗަކަށް އާތީ, ތޮއްޕޭ އާއި އެންޑީވެސް ވިކްޓްރީއަށް

1 day ago - 16:06
Mar 8, 2025 - 16:06

ވިކްޓްރީގެ ކޯޗަކަމާ މުޙައްމަދު އާތިފް (އާތީ) ހަވާލުވެއްޖެއެވެ. މެދުކެނޑުމަކަށްފަހު އަލުން ފުރުތަމަ ޑިވިޝަންގައި ވާދަކުރަން ތައްޔާރުވާ ވިކްޓްރީގެ ހެޑްކޯޗު ކަމާ އެޓީމަށް ކުރިންވެސް ކޯޗުކޮށްދިން އާތީ ހަވާލުވިކަން އިއުލާނުކުރީ މިއަދު އެވެ.

އާތީ ވަނީ ވިކްޓްރީއަށް ކުޅެ, އެޓީމަށް ކޯޗުކަން ކޮށްދީފައެވެ. އާތީގެ ކޯޗިންގ ކެރިއަރުގެ އުސްއަލިތަކުގެ ތެރޭގައި ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް ހޯދައިދިން ކުރިއެރުންތަކާއި, ޔުނައިޓެޑް ވިކްޓްރީއާއެކު ޕްރެޒިޑެންޓްކަޕް ކުޅުން ހިމެނެއެވެ. ލީގުގެ ގަދަ ހަތަރެއްގެ ތެރެއަށް ޔުނައިޓެޑް ވިކްޓްރީ ގެންގޮސްދިނެވެ.

އާތީ ވިކްޓްރީއާ ހަވާލުވީ އޮޑި ސްޕޯރޓްސް ކްލަބުންވެސް އޭނާގެ އެހީއަށް އެދިފައި ވަނިކޮށެވެ. އޮޑި ސްޕޯރޓްސް ކްލަބް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ކޮށްދިނީ އާތީއެވެ.

Advertisement
Advertisement

ވިކްޓްރީން ވަނީ ރަނގަޅު ސްކޮޑެއް އެކުލަވާލާފައެވެ. އެގޮތުން އެންމެ ފަހުން ޓީމާ ގުޅުނު ކުޅުންތެރިންގެ ތެރޭގައި އަލީ ސާމިޝް (ތޮއްޕޭ) އާއި އަމްދާން އަލީ (އެންޑީ) ހިމެނެއެވެ. ތޮއްޕޭ ވަނީ ކުރިންވެސް ވިކްޓްރީގައި މޮޅަށް ކުޅެފައެވެ. ގައުމީ ޓީމްގެ ކުރީގެ ޑިފެންޑަރ އަމްދާން ބޮޑަށް ފާހަގަކުރެވުނީ މާޒިޔާއިންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow