
ޔުރޮޕާ ލީގުން ކްރިސްޓަލް ޕެލަސް ބޭރުކޮށްލުމަކީ ފުޓްބޯޅައިގެ އެންމެބޮޑު ނާއިންސާފު: ޗެއާމަން ޕެރިޝް
އަަންނަ ސީޒަނުގެ ޔުރޮޕާލީގުން ކްރިސްޓާލް ޕެލްސް ބޭރުކޮށްލުމަކީ "ފުޓްބޯޅައިގެ ތާރިޚްގައި މިހާތަނަށް ފެނުނު އެންމެބޮޑު ނާއިންސާފު" ކަމަށް ޕެލަސްގެ ޗެއާމަން ސްޓީވް ޕެރިޝް ބުނެފިއެވެ.
ޔުއެފާގެ މަލްޓި ކްލަބް އޯނަރޝިޕް (އެއް ކަލްބަށްވުރެ ގިނަ ޓީމު ހިންގާ ކުންފުނިތަކަށް) އޮންނަ ޤާވާއިދަށް ޕެލަސް ނުފެތީކަމަށްބުނެ ޔޮރޮޕާލީގުން ޕެލަސް އުނިކޮށް ކޮންފަރެންސް ލީގުގައި ވާދަކުރަންޖެހޭ ގޮތަށް ބަދަލުކޮށް ޔުއެފާއިން އެކަން އަންގާފައިވަނީ އިއްޔެއެވެ.
"އަހަރެމެން މިތިބީ އިންތިހާއަށް ދެރަވެފަ. މިއީ ފުޓްބޯޅައިގައި ވަރަށް ގޮސް ދުވަހެއް. ބޮޑު ބޭއިންސާފެއް މިއީ. އެންމެނަށްވެސް އެނގޭނެ އަހަރެމެންނަކީ ގިނަ ކަލްބް ސެޓިންގަ ހިންގާ ބައެއް ނޫންކަން. އަހަރެމެންގެ އެއް މުވައްޒަފުންނެއް ނޫން ތިބެނީ. އަހަރެމެންނަކަށް ނޭނގެ ޕެނަލުން އެގޮތަށް ނިންމީ ކީއްވެކަމެއް. އެ ޤަވާއިދު އަހަރެމެންނަކަށް ނުފެތޭނެ ކްލަބް ހިންގާގޮތަކުން" ސްކައި ސްޕޯޓްސްއަށް ޕެރިޝް ބުނެފައި ވެއެވެ.
ޕެލަސްގެ ހިއްސާ އޮންނަ އެމެރިކާގެ ވިޔަފާރިވެރިޔާ ޖޯން ޓެކްސްޓޯ އަކީ ޔުރޮޕާ ލީގަށް ކޮލިފައިވެފައިވާ ފްރާންސްގެ ލިޔޯންގެ ވެސް މައި ހިއްސާދާރެވެ. ޓެކްސްޓޯގެ ހިއްސާ ދެޓީމުގައި ވެސް އޮތުމުން ޔުއެފާއިން ނިންމާ ޔުރޮޕާ ލީގުން ޕެލަސްއަށް ލިބުނު ފުރުޞަތު އަތުލާށެވެ.
ޔުއެފާފެ ޤަވާއިދުއޮތީ އެއްކުންފުނިން ހިންގާ ދެ ކްލަބަކަށް ޔޫރަޕްގެ އެއްމުބާރާތުގައު ނުކުޅޭވޭ ގޮތަށެވެ.
ޔުއެފާގެ މި ނިންމުމާއެކު ޔުރޮޕާ ލީގުގެ ޖާގަ ލިބެނީ ފާއިތުވި ސީޒަންގައި ޕްރިމިއަރ ލީގުގައި ހަތްވަނައިގައި ނިންމާލި ނޮޓިންގްހަމް ފޮރެސްޓެވެ. ފޮރެސްޓް ވަނީ މިދިޔަ ސީޒަންގައި އެފްއޭކަޕްވެސް ކާމިޔާބުކޮށްފައެވެ.
ޔުއެފާއިން ވަނީ ފެލަސްއަށް އެ އިދާރާގެ ނިންމުން އެޕީލްކުރެވިދާނެކަމަށް ބުނެފައެވެ. މިއާއެކު, މިއީ ފުޓްބޯޅައިގެ ތާރީޙްގެ އެންމެ ބޮޑު ބޭއިންސާފުކަަމަށް ބުނެ ޕެރިޝް ވަނީ ޔުއެފާގެ މި ނިންމުން ކޯޓް އޮފް އާބިޓްރޭޝަން ފޮރ ސްޕޯޓްސް (ކާސް) ގައި އެޕީލްކުރާނެ ކަމަށް ބުނެފައެވެ.
ރިއެކްޝަންސް






