ބެލިންގްހަމްގެ ކުޅިވަރުގެ އަޙްލާގު ރަނގަޅު ކުރަންޖެހޭ ކަމަށް އިނގިރޭސި ކޯޗު ބުނެފި
ބެލިންގްހަމަ އަދި ޓުޗެލް . ފޮޓޯ: ނިއުޔޯކް ޓައިމްސް

ބެލިންގްހަމްގެ ކުޅިވަރުގެ އަޙްލާގު ރަނގަޅު ކުރަންޖެހޭ ކަމަށް އިނގިރޭސި ކޯޗު ބުނެފި

2 days ago - 16:38
Mar 23, 2025 - 16:50

އިނގިރޭސި މިޑްފީލްޑަރ ޖޫޑް ބެލިންގްހަމްގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި މިހާރަށްވުރެ ބޮޑަށް އޭނާ ކުޅިވަރުގެ އަޙްލާގު ރަނގަޅުކުރަންޖެހޭކަމަށް އިނގިރޭސި ޤައުމީ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.

21 އަހަރުގެ ބެލިންގްހަމަ ވަނީ މިސީޒަނުގެ މިހާތަނަށް ރެއާލް މެޑްރިޑަށް 11 ގޯލް ކާމިޔާބުކޮށްދީފައެވެ. އަދި އިނގިރޭސި ޤައުމީ ޓީމަށް ކުޅުނު 41 މެޗުން ހަ ގޯލް ކާމިޔާބުކޮށްދީފައެވެ. ހުކުރު ދުވަހު ޔުއެފާ ނޭޝަންސް ލީގު ކުއާޓަރ ފައިނަލްގެ ފުރަތަމަ ލެގުގައި އަލްބޭނިއާގެ މައްޗަށް 2-0 ން މޮޅުވި މެޗުގައިވެސް އިނގިރޭސި ޓީމަށް ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނުމުގައި އެހީތެރިވީ ބެލިންގްހަމައެވެ.

"އާނ! އޭނާ އަށް ޓީމަށް ދެވެނެހުރި އެންމެ މަތި އަބަދުވެސް ދޭ. އެކަމަކު އަހަރެމެންވެސް އެނާއަށް އޭނާގެ އެންމެ މަތީ ފެންރު ދެއްކުމުގައި އެހީތެރިވާންޖެހޭ. އަހަރެން ބޭނުން އޭނާއަކީ ލީޑަރަކަށް ވާން. އެކަމަކު އެކަން ކުރަން އޭނާގެ ކުޅިވަރުގެ އަޙްލާގު އެބަޖެހޭ ތަންކޮޅެއް ރަނގަޅު ކުރަން. ބައެއް ނިންމުން ނިންމުގައި ހަކަތަ ހުންނަން" ބެލިންގްހަމް އާ ބެހޭގޮތުން އީއެސްޕީއެން އިން ކުރި ސުވާލަލކަށް ޖަބާބުދެމުން ޓުޗެލް ބުނެފައި ވެއެވެ.

ޓުޗެލް އިތުރަށްބުނީ ބެލިންގްހަމަ ރެފްރީން އަދި ލައިންސްމަނުންނާ ވާހަކަދައްކަން ވަރަށް ޝައުގުވެރިވާ ކަމަށާއި, ދަނޑުމަތީގައި ހުންނައިރު އޭނާއަކީ ވަރަށް ޖަޒުބާތީ ކުޅުންތެރިއެއް ކަމަށެވެ. އަދި މެޗަކުން ބަލިވުމަކީ އޭނާ ނުރުހޭ ކަމެއް ކަމަށާއި, އެކަން އެހެން ނުވުމަށް ކުރެވެނެހުރި ހުރިހާ ކަމެއް އޭނާ ކުރާނެ ކަމުގައެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow