ވިނީޝިއުސް ރެއާލްއަށް 100 ގޯލް, ބޭނުންވަނީ ރޮނާލްޑޯގެ ރެކޯޑް މުގުރާލަން
100 ވަނަ ގޯލްޖެހުން ފާހަގަކޯށް ވިނީއަަށް ހަނދާނީ ޖޯޒީ އެއް ރެއާލްގެ ރައީސް ދެނީ

ވިނީޝިއުސް ރެއާލްއަށް 100 ގޯލް, ބޭނުންވަނީ ރޮނާލްޑޯގެ ރެކޯޑް މުގުރާލަން

3 months ago - 20:27
Jan 23, 2025 - 20:29

ރޭ ޗެމްޕިއަންސް ލީގުގައި އާރުބީ ސަލްސްބާގެ މައްޗަށް ރެއާލުން ކުރިހޯދި މެޗުގައި ރެއާލަށް 100 ވަނަ ގޯލް ޖަހައިދިން ވިނީޝިއުސް ބޭނުންވަނީ ރޮނާލްޑޯ ނަޒާރިއޯގެ ރެއާލްގެ ރެކޯޑު މުގުރާލަން ކަމުގައި އޭނާ ބުނެފިއެވެ. 5-1 ން ސަލްސްބާގް ގެ މައްޗަށް ކުރި ހޯދި މެޗުގައި އޭނާ ވަނީ ރެއާލަށް ދެ ގޯލް ކާމިޔާބުކޮށްދީ މޮޅުކުޅުންތެރިޔާގެ އެވޯޑްވެސް ހޯދާފައެވެ. ރެއާލަށް އެންމެ ގިނަ ގޯލްޖަހައިދިން ބްރެޒިލްގެ ކުޅުންތެރިޔާގެ ރެކޯޑް އޮންނަނީ ރޮނާލްޑޯގެ އަތުގައެވެ.

ރޭގެ މެޗުގައި ޖޫޑް ބެލިންގްހަމް ތަނަވަސްކޮށްދިން ދެ ފުރުޞަތުގައި ދެ ގޯލްޖަހާ ފުރަތަމަ ހާފު ރެއާލުން ނިންމާލީ ބްރްޒިލްގެ ފޯވާޑް ރޮޑްރީގޯ ގެ ދެގޯލާއެކު ކުރީގައި އޮވެގެންނެވެ. ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ރެއާލްގެ ތިންވަނަ ގޯލް ކާމިޔާބުކުރީ ކީލިއަން އެމްބާޕޭ އެވެ. އޭގެފަހުން ވިނީޝިއުސް ގެ ދެގޯލާއެކު ނޮކްއައުޓް ބުރުގެ ޕްލޭއޯފްގެ ޖާގައެއް ރެއާލުން ވަނީ ކަށަވަރުކޮށްފައެވެ.

ރެއާލް މެޑްރިޑާއެކު ހުރިހާ މުބާރާތެއްގައި ވިނީޝިއުސް މިހާރުވަނީ މުޅިއެކު 101 ގޯލް ކާމިޔާބުކޮށްފައެވެ. 2002 ން 2007 ށް ރެއާލްގައި ހޭދަކުރި ބްރެޒިލްގެ ލެޖެންޑް ރޮނާލްޑޯ ނަޒާރިއޯ ވަނީ 5 އަހަރުތެރޭގައި 104 ގޯލް ރެއާލަށް ކާމިޔާބުކޮށްދީފައެވެ.

"މި ޖޯޒީގައި ގޯލް ޖެހުން އެއީ އަހަންނަށް ލިބޭ އުފަލެއް. ބްރެޒިލްގެ ކުޅުންތެރިއަކު މި ޖޯޒީގައި އެންމެ ގިނަ ގޯލްކާމިޔާބު ކުރި ރޮނާލްޑޯ އާ އަރާ ހަމަކުރަން އަހަރެން މިހާރު ބޭނުންވަނީ އެންމެ ތިން ގޯލް. ހިނގާ އުންމީދުކުރަން އަހަންނަށް ގިނަ ގޯލްތަކެއް ކާމިޔާބުކުރެވޭނެ ކަމަށް" ބުދަ ދުވަހު މޮވިސްޓަރ އަށް ދިން ބަސްދީގަތުމެއްގައި ވިނީޝިއުސް ބުނެފައި ވެއެވެ.

Advertisement
Advertisement

ވިނީޝިއުސް ރެއާލްއާކު ދެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާއިރު ދެ ފައިނަލްގައިވެސް އޭނާ ވަނީ ރެއާލަށް ލަނޑު ޖަހައިދީފައެވެ. ރެއާލްއާއެކު ތިން ލަލީގާ ވެސް ވިނީޝިއުސް ވަނީ ޙާސިލްކޮށްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow