
ޔުނައިޓަޑްގެ ދަށް ހާލަތުން އަރައިނުގަނެވި އަމޮރިމްއަށް ވަޒީފާ ގެއްލުމުގެ ބިރު
މެންޗެސްޓަރ ޔުނައިޓަޑްގެ ވަޒީފާ ސަލާމަތްކުރުމަށް މަސައްކަތްކުރަމުންދާމަށް ކޯޗު ރުބެމް އަމޮރިމް ބުނެފިއެވެ. އޮމޮރިމް ބުނީ ސީޒަންގެ ފަހު ބައިގައި ޖެނުއަރީ ޓްރާންސްފަރ ބާޒާރުގެ އަމަލުކުރުމަށް ކްލަބުން ކަނޑައަޅާފައިވާ ގޮތަކީވެސް 'ރިސްކެއް ކަމަށެވެ. ނަމަވެސް އެ ރިސްކު ނަގަން އޭނާ ތައްޔާރަށް ހުރިކަމަށްވެސް އަމޮރިމް ވަނީ ބުނެފައެވެ.
ފާއިތުވި ނޮވެމްބަރުގައި ޓީމާ ގުޅުނު އަމޮރިމްގެ އިރުޝާދުގެ ދަށުން ޔުނައިޓް ޕްރިމިއަރ ލީގުގައި ކުޅުނު 13 މެޗުގެ ތެރެއިން 7 މެޗުން ވަނީ ބަލިވެފައެވެ. އޭގެ ތެރޭގައި އޯލްޑް ޓްރެފޯޑްގައި ވީ ފަސް ބައްޔާއެކު އޭނާގެ މަޤާމަށް ވަނީ ވަރަށް ޕްރެޝަރ ބޮޑުވެފައެވެ.
އެކަމަކު 40 އަހަރުގެ އަމޮރިމް ބުނީ ޓީމު މިހާރު އޮތް ފޯމާއެކު ޓީމުގެ ހަމަ ކޮންމެ މީހަކަށްވެސް ވަޒީފާ ގެއްލުމުގެ ބިރު އެބައޮތްކަމަށެވެ.
"އަހަރެމެން އެންމެންވެސް ހޫނު މޫސުމާ ހަމައަށް ވަޒީފާ ސަލާމަތްކުރަން މިއުޅެނީ" އެފް އޭ ކަޕްގައި ހުކުރު ދުވަހު ލެސްޓަރ ސިޓީއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗުގެ ކުރިން ބޭއްވި ނޫސް ކޮންފަރެންސްގައި އަމޮރިމް ބުނެފައި ވެއެވެ.
އޭނާ އިތުރަށް ބުނީ ސީޒަންގެ މެދުތެރޭގައި އޭނާ ނެގީ ރިސްކެއްކަން އެނގޭކަމަށާއި ކޯޗަކަށް ވުމަކީވެސް ރިސްކެއް ކަމަށެވެ. އެކަމަކު ހިރާސްރަކާއެކު ކޮންމެވެސް ދުވަހަކުން މިކަމުގެ ފޮނިމީރުކަން ލިބޭނެކަމަށްވެސް އޭނާ ބުނެފައި ވެއެވެ.
ޖެނުއަރީގެ ޓްރާންސްފަރ ގައި ޔުނައިޓަޑްގެ ފަހަތަށް ޕްޓްރިކް ދޯގޫ އަދި އޭޑަން ހެވަން ގުޅުނު ނަމަވެސް އެޓޭކުގައި ބޭނުންކުރާ ދެ ކުޅުންތެރިން ކަމަށްވާ އެންތަނީ އަދި މާކަސް ރަޝްފޯޑް ވަނީ ކްލަބް ދޫކޮށް ގޮސްފައެވެ. އެހެންކަމުން މިހާރުވެސް ގޯލް ޖެހުމުގެ މައްސަލަތައް ކުރިމަތިވެފައިވާ ޔުނައިޓަޑްއަށް ޙައްލެ ލިބި ހާލަތު ރަނގަޅުވެދާނެކަމަށް ކައިރި މުސްތަގުބަލެއްގައި ފެންނާކަށް ނެތެވެ.
ބުރާސްފަތި ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ޔުނައިޓަޑް ގެ ސޮކޮޑުން ޖާގަ ނުލިބި މަހަކަށްވުރެ ގިނަ ދުވަސްފަހުން އެސްޓަންވިލާއަށް ލޯން އެއްބަސްވުމެއްގެ ދަށުން ބަދަލުވި ރަޝްފޯޑްއާ ބެހޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދޭން އަމޮރިމް ވަނީ ދެކޮޅުހަދާފައެވެ.
ރިއެކްޝަންސް






