
ލަމީން ޔަމާލްއަށް 18 އަހަރު ފުރިއްޖެ! "އެއްވެސް މީހަކާ އަމިއްލަ ނަފްސު އަޅާނުކިޔާ" ކަމަަށްބުނި
ދުނިޔޭގެ ލޯތައް އެހުނަރަކަށް ހުއްޓިފައިވާ ސްޕެއިންގެ ޒުވާންތަރި ޔަމީން ލަމާލްއަށް މިއަދު 18 އަހަރު ފުރިއްޖެއެވެ. ބާސެލޯނާއަށް ކުޅެމުން އަންނަ ޔަމާލްއަކީ ދުނިޔޭގެ ގިނަ ބައެއްގެ ނަޒަރުގައި ދެވަނަ. ނުވަތަ މި ޖީލުގެ ލަޔަނަލް މެސީއެވެ.
ނަމަވެސް އެފަދަ އަޅާކިޔުންތަކަށް ޔަމާލްގެ ޝައުގެއްނެތެވެ. "އަހަރެން އެއްވެސް މީހަކާ އަހަރެންގެ ނަފުސު އަޅައެއް ނުކިޔަން. އަދި އެެއްވެސް މީހަކާ އަހަރެންގެ ނަފްސް އަލާކިޔާކަށްވެސް އަހަރެން އަމިއްލައަށް ބޭނުމެއްނޫން. މެސީއާ ވިއަސް. އެކަން އެހެން މީހުންނަށް ދޫކޮށްލަމާ" ޔަމާލް ބުނެފައި ވެއެވެ.
ޔަމާލް އިތުރަށްބުނީ މެސީ އަކީ ފުޓްބޯޅައިގެ ތާރީޚްގައި އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި އޭނާ ކުރިއަށްދާނީ އޭނާގެ ގޮތުގައި ކަމުގައެވެ.
18 އަަހަރު ފުރުނުއިރު ޔަމާލްވަނީ ބާސެލޯނާއަށް ފުރަތަމަ އެގާރައިގައި ހިމެނިގެން 106 މެޗު ކުޅެދީފައެވެ. އޭގެތެރެއިން 73 މެޗަކީ ލަލީގާގައި އޭނާ ކުޅޭފައިވާ މެޗުތަކެވެ. ބާސެލޯނާއާއެކު އޭނާ ވަނީ މިދިޔަ ސީޒަނުގެ ލަލީގާވެސް އުފުލާލާފައެވެ.
ބާސެލޯނާގައި މެސީ ބޭނުންކުރި ޖަރޒީ ނަމްބަރު 10 އަކީ އަންނަ ސީޒަނުގައި ޔަމާލް ކުޅެން ހަމަޖެހިފައިވާ ނަމްބަރު ކަމަށްބުނެ އޭނާގެ ފޭނުންއަންނަނީ 10 ނަމްބަރުގައި ޔަމާލް ފެންނަ ގިނަ ފޮޓޯތަކެއް ދައުރުކޮށް އެކަމާ ގުޅޭ ގޮތުން ހިޔާލުފާޅުކުރަމުންނެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން މިހާތަކަށް އެއްވެސް ވާހަކައެއްގައި ޔަމާލް ބައިވެރިވެފައެއް ނުވެއެވެ.
މި ކަންތައްގަނޑާއެކު ބާސާގެ 10 ނަމްބަރު ޖަރސީގެ ޑިމާންޑްވެސް އިންތިހާއަށް ވަނީ ބޮޑުވެފައެވެ. ނަމަވެސް ބާސެލޯނާއިންވެސް ރަސްމީކޮށް އެކަމާ ގުޅިގެން ވަކިއެއްޗެއް އަދި ބުނެފައެއް ނުވެއެވެެ.
ޔަޤީންވާ އެއްކަމަކީ 10 ނަމްބަރު ޖަރޒީގެ ބުރަ މިހާރު އެއީ ޔަމާލްއަށް ބުރައަކަށް ނުވާނެކަން އޭނާ ސާބިތުކޮށްދީފައިވާކަމެވެ. ނަމަވެސް 19 އަހަރުވަންދެންް 19 ނަމްބަރުގައި ކުޅޭނީތޯ, ނުވަތަ އޭނާގެ އައިޑަލްގެ ފަހުރުވެރި 10 ނަމްބަރު ގެ ޒިންމާ ނަގާނީތޯ އެއީ އަދި ޖަވާބު ނެތް ސުވާލެކެވެ.
ރިއެކްޝަންސް






