ކާވާ މެންސް ވޮލީބޯޅަ ޗެމްޕިއަންޝިޕް: ފަސް ސެޓް ކުޅެ, ތުރުކެމްނިސްތާން އަތުން ބަލި
ރާއްޖެ ތުރުކެމްނިސްތާނާ ވާދަކުރި މެޗުގެ ތެރެއިން: ފޮޓޯ-ކާވާ

ކާވާ މެންސް ވޮލީބޯޅަ ޗެމްޕިއަންޝިޕް: ފަސް ސެޓް ކުޅެ, ތުރުކެމްނިސްތާން އަތުން ބަލި

2 days ago - 08:15
Oct 20, 2024 - 08:15

ކާވާ މެންސް ވޮލީބޯޅަ ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމް ކުޅުނު ދެވަނަ މެޗުން ވެސް ބަލިވެއްޖެ އެވެ. އުޒުބެކިސްތާނުގައި ކުރިއަށްދާ މުބާރާތުގައި ސީނިއަރ ގައުމީ ވޮލީޓީމް ބަލިވީ ތުރުކެމްނިސްތާނާ ވާދަކޮށް ފަސްސެޓަށް ގޮސްގެންނެވެ.

މެޗުގެ ފުރަތަމަ ސެޓް ތުރުކެމްނިސްތާނުން ގެންދިޔައީ 25-18 ނެވެ. އެކަމަކު ވާދަވެރި ކުޅުމަކަށްފަހު ދެވަނަ ސެޓް 25-23 ން ރާއްޖޭގެ ޓީމުން ހޯދިއެވެ. އަދި ޖެހިގެން އައި ތިންވަނަ ސެޓް 25-21 ން ގެންގޮސް ރާއްޖެއިން ވަރަށްބޮޑު އުއްމީދެއް ހޯދިއެވެ. ނަމަވެސް އެނބުރި ގޭމްގެ ތެރެއަށް އައިސް ޖެހިގެން އައި ދެސެޓް ކާމިޔާބުކޮށް ތުރުކެމްނިސްތާނުން މެޗު ކާމިޔާބުކުރީ އެވެ. އެއީ ހަތަރުވަނަ ސެޓް 25-15 އަދި 15-8 ން ކުރި ހޯދައިގެންނެވެ.

މުބާރާތުގައި ރާއްޖެ ކުޅޭ ތިންވަނަ މެޗުގައި މިއަދު ވާދަކުރާނީ އަފްޣާނިސްތާނާއެވެ. ފުރަތަމަ މެޗުގައި ކިރްގިސްތާން އަތުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow