އެކަށީގެންވާ ވަރަށްވުރެ ގިނަ މެޗު ކުޅެންޖެހޭ މައްސަލައިގައި ކޯޗް ޕެޕް ގާޑިއޯލާ ކުޅުންތެރިންނާ އެއްކޮޅަށް
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ: ފޮޓޯ-މެންޗެސްޓަރ ސިޓީ

އެކަށީގެންވާ ވަރަށްވުރެ ގިނަ މެޗު ކުޅެންޖެހޭ މައްސަލައިގައި ކޯޗް ޕެޕް ގާޑިއޯލާ ކުޅުންތެރިންނާ އެއްކޮޅަށް

3 hours ago - 11:44
Sep 21, 2024 - 11:44

ފުޓްބޯޅަ ކަލަންޑަރަށް ގެނެސްފައިވާ ބަދަލުތަކާއެކު ގިނަ މެޗުތަކެއް ކުޅެންޖެހޭގޮތަށް މުބާރާތްތަކުގެ ފޯމެޓް ބަދަލުކޮށްފައިވާ މައްސަލައިގައި ކުޅުންތެރިން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ތާއީދު ކޮށްފިއެވެ.

ގާޑިއޯލާ ކުޅުންތެރިންނާ އެއްކޮޅަށް އެރީ އޭނާގެ ޓީމްގެ ސްޕެއިން މިޑްފީލްޑަރ ރޮޑްރީ ފާއިތުވި ހަފްތާގައި މީޑިޔާގައި ވަރަށްބޮޑަށް ކަންބޮޑުވުން ބަންޑުންކޮށްލާފައި ވަނިކޮށެވެ.

ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނީ ކުޅުންތެރިންގެ އޮތީ ހަޤީޤީ ކަންބޮޑުވުމެއް ކަމަށެވެ. އަދި އެކަމާ ގުޅިގެން އެ ސިނާޢަތުން ޙައްލެއް ގެންނަންޖެހޭ ކަމަށް ގާޑިއޯލާ ވަނީ ބުނެފައެވެ.

"ކުޅުންތެރިންގެ ކަންބޮޑުވުންތަކާ ބެހޭގޮތުން ގިނަ ވާހަކަތަކެއް އެބައިވޭ. ކަމެއް ބަދަލުކުރަން ބޭނުންނަމަ އެކަން އަންނަންޖެހޭނީ ކުޅުންތެރިންގެ ފަރާތުން. މިކަން ބަދަލުކުރެވޭނެ ބަޔަކީ ކުޅުންތެރިން. ކުޅުންތެރިން ގިނައިން މިވާހަކަ ދައްކަންވީ. އެއީ, ކޯޗުން އަދި ކުޅިވަރުގެ ޑިރެކްޓަރުން އަދި މީޑިއާ ނުލާވެސް މުބާރާތް ކުރިއަށް ގެންދެވިދާނެ. އެކަމަކު ކުޅުންތެރިން ނުލާ މިކަމެއްނުވާނެ. ކުޅުންތެރިންގެ އަތުގައި ބާރު އެބައޮތް ކަންކަން ބަދަލުކުރުމުގެ" ހަޅުތާލާ ބެހޭ ގޮތުން ދައްކާފައިވާ ވާހަކަތަކަށް ކުޅުންތެރިނަން ހިތްވަރުދޭ މޭރުމަކުން ގާޑިއޯލާ ބުނެފައިވާކަމަށް ދަ ގާޑިއަންގައި ރިޕޯޓްކޮށްފައި ވެއެވެ.

Advertisement

ރޮޑްރީގެ އިންޓިވިއުގައި އޭނާ ބުނެފައިވަނި އެކަށީގެންވާ ވަރަށްވުރެ ގިނަ މެޗުތަކެއް ކުޅެންޖެހުމުގެ ސަބަބުން ބުރަބޮޑުވެ ކުޅުންތެރިން މިހާރު ތިބީ ހަޅުތާލެއް ކުރުމާ ކައިރިއަށް ކެތްތެރިކަން ކޮޅުންލާފައި ކަމުގައެވެ. ކަލަންޑަރު އޮތްގޮތުން ގިނަ ކުޅުންތެރިންތަކެއް 70-80 އާ ދެމެދުގެ މެޗުތަކެއް މިސީޒަންގައި ކުޅެންޖެހޭނެ ކަމަށް ބެލެވެއެވެ.

ރޮޑްރީގެ އިތުރުން, އެސްޓަން ވިލާގެ ޖޯން މެކްގިން, ރެއާލް މެޑްރިޑްގެ ޑިފެންޑަރު ޑެނީ ކަވަހާލް އަދި ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ ވެސް އެކަމާގުޅޭ ކަންބޮޑުވުންތައް ވަނީ ފާޅުކޮށްފައެވެ. ސްޕެއިންގެ ރޮޑްރީ ވަނީ ފާއިތުވި ސީޒަންގައިވެސް ކްލަބަށާއި ޤައުމީޓިމަށް ޖުމްލަ 63 މެޗު ކުޅެފައެވެ.

ރޮޑްރީ އަދި އެހެންކުޅުންތެރިންގެ ވާހަކަތަކަށް ބާރުދީ ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ވެސް ބުނެފައި ވަނީ ހަޅުތާލަކީ ކުޅުންތެރިންނަށް ރަނގަޅު ހިޔާލެއްކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow