ނޭޝަންސް ލީގު: 10 ކުޅުންތެރިންނާއި އެކު ސްޕްއިން އިން 4-1 ން ސްވިޒަލެންޑް ބަލިކޮށްފި
ސްޕެއިން ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ: ފޮޓޯ-ޔުއެފާ

ނޭޝަންސް ލީގު: 10 ކުޅުންތެރިންނާއި އެކު ސްޕްއިން އިން 4-1 ން ސްވިޒަލެންޑް ބަލިކޮށްފި

12 days ago - 08:43
Sep 9, 2024 - 08:51

ސްޕެއިންގެ މެދުތެރެއަށް ކުޅެމުން އަންނަ ފަބިއަން ރުއިޒްގެ ދެ ގޯލާއެކު އާދިއްތަ ދުވަހުގެ ރޭ ސްޕެއިން އިން ސްވިޒަލެންޑް ބަލިކޮށްފިއެވެ. ނޭޝަންސް ލީގުގެ ގްރޫޕް އޭގެ ހަތަރެއްގައި ސްވިޒަލޭންޑްގައި ކުޅުނު މެޗުގައި 10 ކުޅުންތެރިންނާއެކު ކުޅެ ސްޕެއިން މޮޅުވީ 4-1 ންނެވެ. ޖެނީވާއަށް ވެހެމުންދިޔަ ބޯ ވާރޭގައި ސްޕެއިން އިން މެޗު ކާމިޔާބު ކުރިއިރު މީ ލީގުގައި ސްޕެއިންގެ ދެ ދެމެޗު ވެސް ކުޅުނީ ޤައުމުން ބޭރުގައެވެ.

ސްޕެއިންގެ ފުރަތަމަ ދެ ގޯލް ޖެހީ ފުރަތަމަ ހާފް ގައެވެ. އެއީ މެޗުގެ ވަރަށް ކުރީކޮޅު, 4 ވަނަ މިނިޓްގައި ލަމީން ޔަމާލް ތަނަވަސްކޮށްދިން ފުރުޞަތެއްގައި ޔޮސެލޫ އަދި 13 ވަނަ މިނިޓްގައި ރުއިޒް ކާމިޔާބު ކޮށްދިން ދެ ގޯލެވެ.

މެޗުގެ 20 ވަނަ މިނިޓްގައި ސްވިޒަލެންޑްގެ ބްރީލް އެމްބޮލޯއަށް އަށް ކުރި ފައުލަކާ ގުޅިގެން ސްޕެއިންގެ ޑިފެންޑަރު ރޮބިން ލެ ނޯމަންޑަށް ރަތް ކާޑެއް ދެއްކިއެވެ. މިއާއެކު ސްވިޒަލޭންޑުން ފުރުޞަތުގެ ފައިދާ ނަގާ އަލުން ގޭމްތެރެއަށް ވަންނަން މަސައްކަތް ކުރިއެވެ.

ސްވިޒަލޭންޑްގެ ހަމައެކަނި ގޯލް 41 ވަނަ މިނިޓްގައި އެމްބޯލޯ ތަނަވަސްކޮށްދިން ފުރުޞަތެއްގައި ކާމިޔާބުކޮށްދިނީ ޒެކީ އަމްޑޯނީ އެވެ. އޭގެ ފަހުންވެސް ނަތީޖާ ހަމަހަމަ ކުރެވޭތޯ ސްވިޒަލޭންޑުން ކެނޑިނޭޅި މަސައްކަތްކުރިއެވެ.

Advertisement

ރުއިޒްގެ ދެވަނަ ގޯލް, އަދި ސްޕެއިންގެ 3 ވަނަ ގޯލް ފެރަން ޓޮރޭޒް ތަނަވަސްކޮށްދިން ފުރުޞަތުގައި ކާމިޔާބުކުރީ މެޗުގެ 77 ވަނަ މިނިޓްގައެވެ. އޭގެ ތިން މިނިޓްފަހުން ޔޮސެލޫ ތަނަވަސްކޮށްދިން ފުރުޞަތެއްގައި ސްޕެއިންގެ ހަތަރުވަނަ ގޯލް ކާމިޔާބު ކޮށްދިނީ ފެރަން ޓޮރޭޒްއެވެ.

މެޗަށްފަހު ސްޕެއިންގެ ކޯޗު ލުއިސް ޑެލަފުންޓޭ ވަނީ އޭނާ ޓީމާމެދު އަބަދުވެސް ފަޚުރުވެރިވާކަމަށް ބުނެފައެވެ.

"10 މީހުންނާއެކު ޓީމުން ވަރަށް މޮޅަށް ކުޅުނީ. އަހަރެން މިއަދުވެސް, އަދި އަބަދުވެސް މި ޓީމާމެދު ފަޚުރުވެރިވޭ" ޑެ ލަފުންޓޭ ބުންޏެވެ.

މި މުބާރާތުގައި ސްވިޒަލެންޑް ކުޅުނު ފުރަތަމަ މެޗު 0-2 ން ކާމިޔާބުކުރީ ޑެންމާކެވެ. އަދި ޑެންމާކު އާދިއްތަ ދުވަހުގެރޭ ސާބިއާ އާ ދެކޮޅަށް ކުޅުނު މެޗް ކާމިޔާބު ކޮށްފައިވަނީވެސް 2-0ގެ ނަތީޖާއަކުންނެވެ. ލީގުގެ މިގްރޫޕްގައި ސްޕެއިން އާއި ސާބިއާ ބައްދަލުކުރި ފުރަތަމަ މެޗު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow