
ސްރީލަންކާ އަތުން ރާއްޖެ އަށް 3-0 ގެ ފުރިހަމަ މޮޅެއް
ސައުތު އޭޝިޔަން ސުޕަރ ކަޕްގެ ފުރަތަމަ މެޗުގައި ސްރީލަންކާ އަތުން ރާއްޖެ އިން 3-0 ގެ ފުރިހަމަ މޮޅެއް ހޯދައިފިއެވެ.
އާ ކޯޗު މުޙައްމަދު ޝިޔާޒު (މޯހަން)ގެ އިރުޝާދުގެ ދަށުން ކޮލަމްބޯގައި ކުޅުނު މެޗުގެ ފުރަތަމަ ހާފްވެސް ރާއްޖެއިން ނިންމާލީ 3-0 ނެވެ. މެޗުގައި ރާއްޖެއަށް ލީޑް ނަގައިދިނީ ނާއިޒު ހަސަން (ދާދު) އެވެ. ދެވަނަ ގޯލް ދާދު ތަނަވަސްކޮށްދިން ފުރުޞަތެއްގައި ޖެހީ އިބްރާހީމަ މަހުދީ ހަސަން (ފޭދޫ އިއްބެ) އެވެ. މިއީ އަހުމަދު ރިޒުވާން (ރިޒޭ) ހަމްޒާ އަށް ދިން ބޯޅައެއް, ހަމްޒާ މުޅިން ހުސްކޮށްލާފަ ފޭދޫ އިއްބެއަށް ދިނުމުން ހުސް ގޯލަށް ފޮނުވާލި ބޯޅައެކެވެ.
ދެވަނަ ހާފްގައި ސްރީލަންކާއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ޕެނަލްޓީ ގޯލާ އަމާޒުކޮށް ނުލެވުނެވެ. މެޗުގައި ރާއްޖޭގެ ގޯލް ބެލެހެއްޓީ އަނިޔާއަށްފަހު ގައުމީ ޓީމަށް އެނބުރި އައި ފައިސަލްއެވެ. މެޗުގައި ރާއްޖޭގެ ތިންވަނަ ގޯލް މެޗުގެ އިތުރު ވަގުތުގައި ޖެހީ ދާދިފަހުން ނިއުރޭޑިއަންޓަށް ސޮއިކުރި އަލީ ފާސިރު (ސެންޓޭ) އެވެ. މިލަނޑުގައި ހިއްސާވި މުހިއްމު ކުޅުންތެރިއަކީ ގައުމީ ޓީމަށް ކުޅޭ އެންމެ ޒުވާން ކުޅުންތެރިޔާގެ ގޮތުގައި ދެވަނަ ހާފްގައި ނިކުއިން 16 އަހަރުގެ މުޙައްމަދު އިލާން އިމްރާން އެވެ.
ދެވަނަ ލެގުގައި ރާއްޖެއާ ސްރީލަންކާ މިމަހުގެ 9 ވަނަ ދުވަހު ކޮލަމްބޯގައި ކުޅޭނީ މިމަހުގެ 9 ވަނަ ދުވަހު އެވެ.
ރިއެކްޝަންސް






