
މާދަމާރޭ ހަނދު ކޭތަ ހިފާނެ, ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރާނެ
މާދަމާރޭ ހަނދު ކޭތަ ހިފާތީ, މާދަމާރޭ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ކޭތަ ނަމާދާ ގުޅޭ ސަރކިއުލާ މިނިސްޓްރީން ވަނީ ހުރިހާ ރަށެއްގެ ކައުންސިލްތަކަށް ފޮނުވާފައެވެ. ސަރކިއުލާގައި ވާގޮތުން ކޭތަ ނަމާދު ކުރާނީ މާދަމާރޭ 11:12 ގައެވެ. ކޭތަ ހިފަން ފަށާނީ މާދަމާރޭ 8:28 ގައި ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. އެންމެ ބޮޑަށް ކޭތަ ހިފާފައި ހުންނާނީ 11:11 ގައި ކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ. ކޭތަ ވީއްލާނެ ގަޑިއެއްކަމަށް ސަރކިއުލާގައި އޮތީ މެންދަމުން އަލިވެ 1:55 ގައެވެ.
މިނިސްޓްރީން ކައުންސިލްތަކަށް ފޮނުވި ސަރކިއުލާގައި ވަނީ ކޭތަ ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށެވެ. ކޭތަ ނަމާދުގެ ޚުތުބާ ވަނީ މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑްކޮށްފައެވެ.
ރިއެކްޝަންސް






