ހުޅުމާލެ ފޭސް 2 ގައި ބީއެމްއެލްއިން އޭޓީއެމް ހުޅުވައިފި

ހުޅުމާލެ ފޭސް 2 ގައި ބީއެމްއެލްއިން އޭޓީއެމް ހުޅުވައިފި

ހުޅުމާލެ ފޭސް 2 ގައި ބީއެމްއެލްގެ އިސްލާމިކު އޭޓީއެމް ހުޅުވައިފި

9 months ago - 19:10
Jan 25, 2024 - 19:24
Advertisement

ހުޅުމާލެ ފޭސް 2 ގައި ބީއެމްއެލްގެ އިސްލާމިކު އޭޓީއެމް އޭޓީއެމް ސެންޓަރެއް ހުޅުވައިފިއެވެ.

ވިނަރެސް ޓަވަރ 8ގައި ހުޅުވި މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް ފަސޭހަކަމާއެކު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބިގެންދާނެއެވެ.

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ " އަޅުގަނޑުމެންގެ ނެޓްވޯކް ފުޅާކޮށް ޒަމާނީ ހިދުމަތްތައް އެކުލެވޭ އޭޓީއެމް ސެންޓަރެއް ހުޅުމާލެ ފޭސް 2 ގައި ހުޅުވުނުކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. މިވަގުތުވެސް 3 އޭޓީއެމް ސެންޓަރާއި ބްރާންޗް އަދި ކޮންޓެކްޓް ސެންޓަރ ހުޅުމާލޭ ފޭސް 1ގައި ގާއިމްކޮށް ކަސްޓަމަރުންނަށް ހިދުމަތްދެމުންދާކަމީ އަޅުގަނޑުމެންނަށް ލިބޭ ފަހުރެއްވެސްމެ، އަދި މިއަހަރު ތެރޭގައި އަޅުގަނޑުމެންގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް މަސައްކަތްކުރަމުންދާނަން" ނެވެ.

Advertisement

ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 83 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 138 އޭޓީއެމް، 200 އަށްވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތެއް ބީއެމްއެލުން ދަނީ ފޯރުކޮށްދެމުންނެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement