ތައިލެންޑް ސަފީރު ކަމަށް ފުއާދު އައްޔަން ކުރަން މަޖިލިހުގެ ރުހުން ހޯދަން ފޮނުވައިފި
ފުއާދު ވަނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ކަމަށްވެސް ވާދަކުރައްވާފަ

ތައިލެންޑް ސަފީރު ކަމަށް ފުއާދު އައްޔަން ކުރަން މަޖިލިހުގެ ރުހުން ހޯދަން ފޮނުވައިފި

1 year ago - 11:40
Nov 25, 2024 - 11:40
Advertisement
Advertisement

ތައިލެންޑް ސަފީރު ކަމަށް ފުއާދު އައްޔަން ކުރަން މަޖިލިހުގެ ރުހުން ހޯދަން ފޮނުވައިފި އެވެ. އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު އެކޮމިޝަންގައި ދެ ދައުރު ފުރިހަމަ ކުރެއްވީ އިއްޔެއެވެ.

އިލެކްޝަން ކޮމިޝަންގެ މެމްބަރުކަން ކުރެވެނީ ދެދައުރެވެ. ދެދައުރު ފުރިހަމަކުރެއްވުމަށްފަހު ޚާރިޖީ ދާއިރާގައި މަސައްކަތް ކުރައްވާނެކަމަށް ފުއާދު ވަނީ ވިދާޅުވެފައެވެ. ދައުރު ހަމަވުމާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ތައިލެންޑަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް ފުއާދު ހަމަޖެއްސެވުމަށް މަޖިލިހުގެ ރުހުން ހޯދަން ފޮނުވާފައެވެ. މަޖިލިހުގެ ރިޔާސަތުން މިއަދު ވަނީ އެސިޓީ އިއްވާފައެވެ.

2008 ވަނަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން ފުއާދު ގެންދެވީ އިލެކްޝަން ކޮމިޝަންގެ މެމްބަރުކަން ކުރައްވަމުންނެވެ. އެކަމަކު އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ އިންތިޤާލީ ކޮމިޝަންގައެވެ. އެކޮމިޝަންގައި ފުއާދު ގިނަ ދުވަހު މަސައްކަތް ކުރެއްވީ ކޮމިޝަންގެ ރައީސްގެ ގޮތުގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement