ތަޖަކިސްތާނުން ރާއްޖެއަށް އޮންއެރައިވަލް ވިސާ
ތަޖަކިސްތާނުން ރާއްޖެއަށް އޮންއެރައިވަލް ވިސާ ދޭން ނިންމާ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން ދެގައުމުގެ ރައްޔިތުން އެއް ގައުމުން އަނެއް ގައުމަށް ޒިޔާރަތް ކުރާއިރު އޮންއެރައިވަލް ވިސާގެ ގޮތުގައި 30 ދުވަސް ލިބޭނެއެވެ.
އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އދ.އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު އަލީ ނަސީރު މުހައްމަދެވެ. ތަޖަކިސްތާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުން އދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ހިކްމަތު ޖޮނިބެކް އިސްމޮއިލް އެވެ. ދެ ގައުމުން އެއްބަސްވުމުގައި ސޮއިކުރީ އެމެރިކާގެ ނިއުޔޯކްގައި ހުންނަ ތަޖަކިސްތާނުގެ ދާއިމީ މިސަންގައެވެ.
ދިވެހި ޕާސްޕޯރޓަކީ ވިސާއާ ނުލާ 60 އަށްވުރެ ގިނަ ގައުމަށް ދަތުރުކުރެވޭ ޕާސްޕޯޓެކެވެ.
ރިއެކްޝަންސް