ރެއާލް މެޑްރިޑުން މޮޅަކާއެކު ޕޮއިންޓްގެ ފަރަގު ކުޑަކޮށްފި
ސްޕެނިޝް ލަލީގާ ގައި 3-0 ން ލަގަނޭސް ބަލިކޮށް، ތާވަލްގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ޕޮއިންޓްގެ ފަރަގު ރެއަލުން ކުޑަކޮށްފިއެވެ.
ބާސެލޯނާއިން އާދިއްތަ ދުވަހު ސެލްޓަވީގޯއާ ވާދަކޮށް 2-2 ން އެއްވަރުވުމުގެ ފައިދާ ނަގާ ޕޮއިޓްގެ ފަރަގު 4 ޕޮއިންޓަށް ވަނީ ކުޑަކޮށްފައެވެ. ތާވަލްގެ އެއްވަނައިގައި ބާސެލޯނާ އޮތީ 17 މެޗުން 34 ޕޮއިންޓް ހޯދައިގެންނެވެ. ހޯމަ ދުވަހުގެ މޮޅާއެކު ރެއާލުން ތާވަލްގެ ދެވަނައިގައި އޮތީ ބާސެލޯނާއަށް ވުރެ އެއްމެޗު މަދުން ކުޅެ 30 ޕޮއިންޓާއެކުއެވެ.
ލެގަނޭސްގެ ދަނޑުގައި ކުޅުނު މި މެޗުގައި ރެއާލުން ލީޑު ނެގީ ފުރަތަމަ ހާފު ނިމެން ކައިރިވެފައިވަނިކޮށް ކީލިއަން އެމްބާޕޭ އެވެ. 43 ވަނަ މިނިޓްގައި އެމްބާޕޭ ގޯލް ކާމިޔާބުކުރީ ވިނީޝިއުސް ޖޭއާރު ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ. ޖޫޑް ބެލިންހަމް އާއި ވިނީޝިއުސް މި ގޯލް ޖެހުމުގައި މުހިއްމު ދައުރެއް އަދާކުރި އިރު މިއީ އެމްބާޕޭ މިސީޒަންގެ ލީގުގައި ރެއާލްއަށް ކާމިޔާބުކޮށްދިން ހަތްވަނަ ގޯލެވެ.
މެޗުގައި ރެއާލްއަށް ލީޑު ފުޅާކޮށްދިނީ ފެޑްރީކޯ ވަލްވާޑެއެވެ. ހިލޭޖެހުމަކުން މި ގޯލް ކާމިޔާބުކޮށްދިނީ މެޗުގެ 66 ވަނަ މިނިޓްގައެވެ. ވަލްވާޑޭ ގޯލްގެ ތިރީކަނަށް ބޯޅާ ފޮނުވާލިއިރު ލަގަނޭސްގެ ކީޕަރު މާކޯ ޑިމިޓްރޯވިކަށް ބޯޅަ މަތަކުރުމުގައި ހެދޭނެ އެއްގޮތެއްވެސް ނެތެވެ.
ރެއާލްގެ ތިންވަނަ ގޯލް 85 ވަނަ މިނިޓްގައި ކާމިޔާބުކުރީ ޖޫޑް ބެލިންގހަމް އެވެ. ބްރަހަމް ޑިއަޒް ޖެހި ބޯޅަ ގޯލްގެ ދަނޑީގައި ޖެހިފައި ނިކުއިން ވަގުތު ބެލިންހަމް ވަނީ ހުށިޔާރުކަމާއެކު ގޯލާ އަމާޒުކޮށް ބޯޅަ ފޮނުވާލާފައެވެ.
ރިއެކްޝަންސް