ޒަކާތާގުޅޭ ދާއިރާއިން ކޮށްފައިހުރި މަސައްކަތްތައް އެއްތާކުން ފެންނަން ހުންނާނެ:  ޝަހީމް

ޒަކާތާގުޅޭ ދާއިރާއިން ކޮށްފައިހުރި މަސައްކަތްތައް އެއްތާކުން ފެންނަން ހުންނާނެ: ޝަހީމް

ޒަކާތާއި ގުޅޭ ދާއިރާއިން ކޮށްފައި ހުރި މަސައްކަތްތައް އެއްތާކުން ފެންނަން ވެބްސައިޓްގައި ޕަބްލިޝް ކުރެއްވުމަށް ފުރުސަތު ލިބޭނެކަމަށް ޝަހީމް ވިދާޅުވެއްޖެ

8 months ago - 20:02
Jan 28, 2024 - 10:24
Advertisement

ޒަކާތާއި ގުޅޭ ދާއިރާއިން ކޮށްފައި ހުރި މަސައްކަތްތައް އެއްތާކުން ފެންނަން ވެބްސައިޓްގައި ޕަބްލިޝް ކުރެއްވުމަށް ފުރުސަތު ލިބޭނެކަމަށް ޝަހީމް ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް އަލީ ސައީދު މިހެން ވިދާޅުވެފައި ވަނީ  ދިވެހިރާއްޖޭގެ ޒަކާތު ހައުސް ވެބްސައިޓް ލޯންޗްކޮށްދެއްވުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައިއެވެ.

ޝަހީމް ވިދާޅުވީ، އަމާޒަކީ ދިވެހިރާއްޖޭގެ ޒަކާތުގެ ދާއިރާއިން ކުރެވިފައި ހުރި ތާރީހީ މަސައްކަތްތައް އެއްތާކުން ފެންނަން ހުންނާނެގޮތް ހެދުންކަމަށެވެ. އަދި އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން މީގެކުރިން ކޮށްފައި ހުރި މުހިންމު ކަންކަންވެސް މި ވެބްސައިޓުން ފެންނަން ހުންނާނެފަދަ ގޮތަކަށް އިންތިޒާމްތައް ބައްޓަން ކުރައްވާނެކަމަށް ޝަހީމް ވިދާޅުވިއެވެ.

"ޒަކާތާއި ގުޅޭ ދާއިރާއިން ފޮތްތައް ލިޔެ ދިރާސާތައް ކޮށްފައި ހުރި ފަރާތްތައް އެބޭފުޅުންގެ ފޮތްތަކާއި ދިރާސާތައް ވެބްސައިޓްގައި ޕަބްލިޝް ކުރެއްވުމަށް މިނިސްޓްރީއަށް ހަދިޔާކުރެވޭނެ." ޑރ. ޝަހީމް އަލީ ސައީދު  ވިދާޅުވިއެވެ.

Advertisement

މޯލްޑިވްސް ޒަކާތު ހައުސްގެ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ޒަކާތް ހައްގުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ.

މީގެ އިތުރުން ކޮންމެ ހަ މަހަކުން އެއްފަހަރު މުދަލު ޒަކާތުގެ ނިސާބު އިޢުލާނުކުރުމާއި، ކަމާބެހޭ އިދާރާތަކާ ގުޅިގެން، ފަގީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލައި އަދާހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތްވެސް ހިމެނެއެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިފްތިތާހުކޮށްދެއްވީ މިމަހުގެ 2 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

"ދިވެހިރާއްޖޭގެ ޒަކާތު ހައުސް" އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން އުފެއްދެވި އިދާރާއެކެވެ. އެމަނިކުފާނު މި އިދާރާ އުފެއްދެވީ 18 ޑިސެމްބަރު 2023 ގައެވެ. މިއީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދަށުން ހިންގުމަށް ނިންމަވާފައިވާ ތަނެކެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement