ސަސްޕެންޑްކޮށްފައި ހުންނެވި ހުސްނުއްސުޢޫދު ސްޕްރީމްކޯޓް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި
އިސްތިއުފާދެއްވި ހުސްނުއްސުއޫދު: ފޮޓޯޕީއެސްއެމް

ސަސްޕެންޑްކޮށްފައި ހުންނެވި ހުސްނުއްސުޢޫދު ސްޕްރީމްކޯޓް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި

އިސްތިއުފާ ދެއްވީ އަދުލް އިންސާފްގެ ބާރަށް ނުފޫޒު ފޯރުއްވާ ކަމަށް ވިދާޅުވެ

6 days ago - 10:21
Mar 4, 2025 - 10:21
Advertisement
Advertisement

ޖުޑީޝަލް ސަރވިސް ކޮމިޝުން ސަސްޕެންޑްކޮށްފައި ހުންނެވި ހުސްނުއްސުޢޫދު ސްޕްރީމްކޯޓް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފިއެވެ.

އިސްތިއުފާދެއްވޮ ސަބަބެއްކަމަށް, އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވަނީ ސަރުކާރުން ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ ހިލާފަށް އަދުއިންސާފްގެ ބާރަށް ނުފޫޒު ފޯރުވާ, ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބެލުން ހުއްޓުވުމުގެ ގޮތުން ސްޕްރީމް ކޯޓްގެ 3 ފަނޑިޔާރުން ސަސްޕެންޑް ކުރުމެވެ.

މީގެއިތުރުން ސްޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ރައްޔިތުންގެ މަޖިލިހުން ފާސްކޮށް, ސްޕްރީމް ކޯޓްގެ ފަނޑިޔާރުންނަށް ބިރު ދައްކާ ސްޕްރީމް ކޯޓަށް ހުށަހެޅިފައި އޮތް މައްސަލަ ރައީސުލްޖުމްހޫރިއްޔާ އެދޭގޮތަށް ނިންމެވުމަށް ނުފޫޒު ފޯރުވުމެވެ.

ސްޕްރީމް ކޯޓްގައި ހިގަމުންދިޔަ މައްސަލައަކީ ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަން ގެއްލޭ ގޮތަށް ޤާނޫނު އަސާސީއަށް ގެނައި ބަދަލެވެ. އެބަދަލު ބާޠިލް ކުރަން ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެކޯޓްގެ ފުލް ބެންޗުން ދިޔައީ ބަލަމުންނެވެ.

Advertisement
Advertisement

ނަމަވެސް ޖޭއެސްސީން ބުނީ ހުސްނުއްސުޢޫދު ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ތިން ފަނޑިޔާރުން ސަސްޕެންޑްކުރެއްވީ ބަލަމުންދާ މައްސަލަތަކާ ގުޅިގެން ކަމަށެވެ. އެފަނޑިޔާރުންގެ މައްސަލަތަކެއް ބަލަމުންދާކަމަށް އޭސީސީން ވަނީ ބުނެފައެވެ.

ސުއޫދު ވިދާޅުވީ އިސްތިއުފާ ދެއްވީ ބަޔާންކުރެވުނު ކަންކަމާ އިހުތިޖާޖު ކުރެއްވުމުގެ ގޮތުން ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement