މިފްކޯގެ ސީއީއޯ ޑރ. ވިޓާލީ މަޤާމުން ވަކިކޮށްފި
ސީއީއޯގެ މަޤާމުން ވަކިކުރި ޑރ.. ވިޓާލީ

މިފްކޯގެ ސީއީއޯ ޑރ. ވިޓާލީ މަޤާމުން ވަކިކޮށްފި

1 year ago - 22:17
Mar 3, 2025 - 22:19
Advertisement
Advertisement

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އަދި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމްގައި ހުންނެވި ޑރ. ވިޓާލީ ލުބިވޯމް އެމަޤާމުން މިއަދު ވަކިކޮށްފިއެވެ.

ފާއިތުވި ޑިސެމްބަރުމަހު އެމަޤާމަށް އައްޔަނުކުރި ޑރ, ވިޓާލީ ވަކިކުރިކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑުން (ޕީސީބީ) ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް ވަކިކުރީ ކޮންސަބަކާ ހުރެކަމެއް ޕީސީބީން ހާމަކޮށްފައެއް ނުވެއެވެ.

ސްވިޒަލޭންޑްގެ ޑރ. ވިޓާލީ އަކީ އެކުންފުނީގެ ސީއީއޯގެ މަޤާމަށް އައަޔަނުކުރި ރާއްޖެއިން ބޭރުގެ ފުރަތަމަ ބޭފުޅާއެވެ. މަޤާމަށް އައްޔަނުކުރުމަށްފަހު ޑރ. ވިޓާލީ ވަނީ މިފްކޯގެ ހިންގުން ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގައި ސިޔާސީ ނުފޫޒު އެއްކިބާކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ޑރ. ވިޓާލީ މަޤާމަށް އައްޔަނުކުރިފަހުން މިފްކޯގެ ޗީފް ފައިނޭންޝިއަލް އޮފިސަރ (ސީއެފްއޯ) ގެމަޤާމުގައި ހުންނެވި އިލްޔާސް ހަނީފުވެސް ވަނީ ޖެނުއަރީމަހު މަޤާމުން އިސްތިއުފާ ދެއްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement