ބޯހިޔާވަހިކަމުގެ މަޝްރޫޢަކުން ޖާގަ ލިބުމުން އަމިއްލަ ބިން ދޫކޮށްލަންޖެހޭ އުސޫލު އުވާލައްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ބޯހިޔާވަހިކަމުގެ މަޝްރޫޢަކުން ޖާގަ ލިބުމުން އަމިއްލަ ބިން ދޫކޮށްލަންޖެހޭ އުސޫލު އުވާލައްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

2 hours ago - 15:24
Advertisement
Advertisement

ބޯހިޔާވަހިކަމުގެ މަޝްރޫޢަކުން ޖާގަލިބި ދޫކޮށްލަންޖެހޭ ބިންކޮޅު ދައުލަތަށް ދޫކޮށްލަން ނުޖެހޭގޮތަށް ބޯހިޔާވަހިކަމުގެ އުސޫލު ބަދަލުކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ބޯހިޔާވަހިކަމުގެ ސްކީމުން އެޕްލިކޭޝަން ހުށައެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށާއި އެކަން މިއަންނަ އޭޕްރިލް މަހުގެ ނިޔަލަށް ކުރިޔަށްދާނެ ކަމުގައި ވިދާޅުވިއެވެ. އަދި ބޯހިޔާވަހިކަމުގެ މަޝްރޫޢަކުން ޖާގަލިބި ދޫކޮށްލަންޖެހޭ ބިންކޮޅާއިބެހޭ ތަފްސީލުތައް މިއަދު ނުވަތަ މާދަމާގެ ވަގުތެއްގައި ގެޒެޓުކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިހާރު އޮންނަގޮތުން 400 އަކަފޫޓަށްވުރެ ކުޑަ ބިންކޮޅެއް އޮތިއްޔާ ދައުލަތަށް އެ ބިނާކޮޅު ދޫކޮށްލަންޖެހޭ ކަމުގައި ވިދާޅުވިއެވެ. އަދި އެ އުސޫލު ބަދަލުކުރާނީ އެމީހާގެ އަނބިމީހާ ނުވަތަ ފިރިމީހާ ނޫނީ ދަރިން ނުވަތަ އެއްބަނޑު އެއްބަފާ އެމީހަކު ބޭނުންވާ މީހަކަށް ދޫކޮށްލެވޭ ގޮތަށް ކަމަށާއި ސަރުކާރަށް އެތަން ދޫކޮށްލަން ނުޖެހޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިދިޔަ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ފަރާތްތަކާއި މިދިޔަ ސަރުކާރުން ފެށިގެން އައިސް މި ސަރުކާރުގައި ފްލެޓް ޙަވާލުކުރެވުނު ފަރާތްތަކަށްވެސް މި އުސޫލު ހިނގާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ސަރުކާރަށް ދޫކޮށްލަންޖެހޭނީ ސަރުކާރުން ދީފައިވާ ސޯޝަލް ހައުސިންގ ފްލެޓެއް ދޫކޮށްލާފައި ދާންޖެހޭ ޙާލަތެއްގައި އެ ފްލެޓެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޖޮއިންޓް އެޕްލިކޭޝަންގެ ތެރެއިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، މުޅިގޯތި އެއްކޮށް ދޫކޮށްލާފައި ހުރިހާ ފަރާތްތަކުން އަލުން އެޕްލައިކޮށްގެން ގޯތި ލިބިފައިވާނަމަ، އެ ފަރާތްތަކުން އެ ބިން ދައުލަތަށް ދޫކޮށްލަން ޖެހޭނެކަމުގައި ވިދާޅުވިއެވެ. އަދި އެއާއިއެކު ލާޖައްސާ އުސޫލުން ބިން ދޫކޮށްލާ ކެޓެގަރީން ދޫކޮށްލާ މުޅި ގޯތިވެސް ދައުލަތަށް ދޫކޮށްލަން ޖެހޭނެކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ، ދަތުރުފުޅެއް ކުރައްވަން ޖެހިވަޑައިގަތުން ނުވަތަ ބަންދު ދުވަހަކާ ދިމާވުން، ނުވަތަ އެ ނޫންވެސް ޝެޑިޔުލަށް ބަދަލު އަންނަ ފަދަ ކަމެއް މެދުވެރި ނުވާހާ ހިނދަކު، ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހު ހެނދުނު 10:00 އިން 11:00 އަށް، އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރައްވާނޭކަމަށް ވިދާޅުވެފައެވެ. މިއީ، މިގޮތުން ބޭއްވެވި ދެވަނަ ބައްދަލުކުރެއްވުމެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement