ނޫސްވެރިން ގޮވާލީ ބިލް އަނބުރާ ގެންދަން, މަޖިލިހުން ބިލް ބަލައިގަނެ ކޮމިޓީއަށް
ނޫސްވެރިން މަޖިލިސް އިދާރާގެ ބޭރުގައި އިހުތިޖާޖު ކުރަނީ: ފޮޓޯ-ސޯޝަލް މީޑިޔާ

ނޫސްވެރިން ގޮވާލީ ބިލް އަނބުރާ ގެންދަން, މަޖިލިހުން ބިލް ބަލައިގަނެ ކޮމިޓީއަށް

8 hours ago - 13:56
Aug 27, 2025 - 13:56
Advertisement
Advertisement

ބިލް އަނބުރާ ގެންދަން ނޫސްވެރިން ގޮވާލަމުން ދަނިކޮށް, މީޑިއާ ބްރޯޑްކާސްޓިންގ އެންޑް ރެގިއުލޭޝަންގެ ބިލް މަޖިލިހުން ބިލް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ.

ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހެޅުއްވި ބިލް މަޖިލިހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވީ ޕީއެންސީ މެމްބަރުންގެ ވޯޓުންނެވެ. ބިލް ބަލައިގަތުމަށް 49 މެމްބަރުން ވޯޓް ދެއްވިއެވެ. ދެކޮޅަށް ވޯޓް ދެއްވީ 12 މެމްބަރުންނެވެ. ބިލް ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

ދެ ދުވަހެއްގެ މަތީން ބިލްގެ ބަހުސް ކުރިއަށް ގެންގޮސް, ބިލް ކޮމިޓީއަށް ފޮނުވީ ނޫސްވެރިން މަޖިލިސް ކުރާ ގޭގެ ބޭރުގައި އަޑު އުފުލާ ޝުޢޫރު ފާޅުކުރަމުން ދަނިކޮށެވެ. އަދި ބަހުސް މަރުހަލާގައި ބަހުސް އަޑުއަހަން ނޫސްވެރިން މަޖިލިހުގެ ގެލެރީގައި ތިއްބައެވެ.

ބިލް ކޮމިޓީއަށް ފޮނުވީ މޯލްޑިވްސް މީޑިޔާ ކައުންސިލާއި މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަނުންވެސް ބިލް އަނބުރާ ގެންދަން ގޮވާލާފައި ވަނިކޮށެވެ. މިބިލް ފާސްވެ ޤާނޫނަކަށް ވުމުން މީޑިޔާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަން އުވޭނެއެވެ.

Advertisement
Advertisement

ބިލްގެ ބަހުސް މަރުހަލާގައި އެންމެ ފަހުން ވާހަކަދައްކަވަމުން އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރ އިބްރާހީމް ފަލާހު ވިދާޅުވީ ބިލަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށެވެ. އަދި ބިލަށް ތާއީދުކުރަން ހުރިހާ މެމްބަރުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

ފަލާހު ވިދާޅުވީ ރަނގަޅު ނޫސްވެރިކަމެއް ކުރާ ނަމަ މިބިލްގައި ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ނެތް ކަމަށެވެ. އޭގެ ބަދަލުގައި ނޫސްވެރިންނަށް ރަނގަޅު މާހައުލެއް ގާއިމްވެ, ދޮގު ހަބަރު ފެތުރުން ހުއްޓޭނެ ކަމަށެވެ.

މިބިލް ޤާނޫނަކަށް ވުމުން އުފެދޭ ކޮމިޝަންގައި ތިބެނީ ހަތް މެމްބަރުންނެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ މަޖިލިހަށް ފޮނުއްވައިގެން އައްޔަން ކުރައްވާ 3 މެމްބަރުންނާއި, މީޑިޔާތަކުން އިންތިޚާބުކުރާ 4 މެމްބަރުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement