
މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުންދިޔަ ނޭޕާލް މީހާ, ތުހުމަތު ކުރެވޭ ކަމެއް ނެތް- ފުލުހުން
ހުޅުމާލެ އިން މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުންދިޔަ ނޭޕާލް މީހާ ކަމަށާއި, ނަމަވެސް އެމަރުގައި ތުހުމަތު ކުރެވޭ ކަމެއް ނެތް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މިދިޔަ އަންގާރަ ދުވަހު ހުޅުމާލެ ވޯޓަރ ތީމް ޕާރކް ހަދަން ދޫކޮށްފައިވާ ސަރަހައްދުން މަރުވެފައި އޮއްވާ ފެނުނީ ނޭޕާލްގެ ރުޕަން ތާޕާ މަގަރު (29އ) އެވެ. މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން އޭނާ ގެއްލިފައިވާ ކަމަށް ފުލުހުންނަށް އޮތީ ރިޕޯރޓް ކޮށްފައެވެ.
ފުލުހުން ރޭ ދަންވަރު ވިދާޅުވީ އެއީ ގެއްލިގެން ހޯދަމުންދިޔަ މީހާކަން ފުލުހުންގެ ފޮރެންސިކް ތަހުލީލުން ކަށަވަރު ކުރެވިފައިވާ ކަމަށެވެ. އެކަމަކު މިހާތަނަށް ބެލިބެލުމުން އޭނާގެ މަރުގައި ތުހުމަތުކުރެވޭ އެއްވެސް ކަމެއް ފާހަގަ ކުރެވިފަނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ރިއެކްޝަންސް






