ޖަމާޢީ މަސައްކަތުން އުފާވެރިކަން ހޯދުމަށް ރައީސް ގޮވާލައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު / ފޮޓޯ: ރައީސް އޮފީސް

ޖަމާޢީ މަސައްކަތުން އުފާވެރިކަން ހޯދުމަށް ރައީސް ގޮވާލައްވައިފި

މިއަދަކީ ބައިނަލްއަޤްވާމީ އުފާވެރިކަމުގެ ދުވަސް

1 year ago - 13:51
Mar 19, 2025 - 14:04
Advertisement
Advertisement

ޖަމާޢީ މަސައްކަތުން އުފާވެރިކަން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިފަދައިން ގޮވާލައްވާފައި ވަނީ ބައިނަލްއަޤްވާމީ އުފާވެރިކަމުގެ ދުވަހާ ގުޅިގެން ސޯސަލް މީޑިއާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެމަނިކުފާނު ވިދާޅުވީ އުފާވެރިކަން ހޯދޭނީ ޖަމާޢަތުގެ ފެންވަރުގައި ކުރެވޭ މަސައްކަތުންކަމަށެވެ. ތަފާތުތަކާއެކުވެސް އެންމެން ގުޅިގެން އިންސާނިއްޔަތަށްޓަކައި މަސައްކަތްކުރުމުން ދެމިގެންދާ އުފާވެރިކަން ކަށަވަރުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިންގެ އުފާވެރިކަމުގެ މިންގަނޑެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާއިރު، މި ދުވަސް ފާހަގަކުރުމަށް ސަރުކާރުގެ އެކި މުއައްސަސާތަކުން ޚާއްޞަ ޙަރަކާތްތަކެއް ރާވާފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. މީގެ ތެރޭގައި ގިފްޓް ޕެކް ޙަވާލުކުރުމާއި، މާ ހަދިޔާކުރުން ފަދަ ކަންކަން ހިމެނޭކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ އުފާވެރިކަމުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ މާރިޗް މަހުގެ 20 ވަނަ ދުވަހުއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement