ރޯދަމަހުގެ ފުރަތަމަ 10 ދުވަހު ތަފާތު މައްސަލަ ތަކުގައި 148 މީހަކު ހައްޔަރުކޮށްފި
އެންމެ ގިނައީ ޓްރެފިކް މައްސަލަ

ރޯދަމަހުގެ ފުރަތަމަ 10 ދުވަހު ތަފާތު މައްސަލަ ތަކުގައި 148 މީހަކު ހައްޔަރުކޮށްފި

އެންމެ ގިނައީ ޓްރެފިކް މައްސަލަ އާއި ވައްކަމުގެ މައްސަލަ

1 year ago - 12:34
Mar 19, 2025 - 12:35
Advertisement
Advertisement

ރޯދަމަހުގެ ފުރަތަމަ 10 ދުވަހު ތަފާތު މައްސަލަ ތަކުގައި 148 މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ފުރަތަމަ ދިހަ ދުވަހުގެ ތެރޭގައި 692 މައްސަލައެއް ރެކޯޑް ކުރެވިފައިވާ ކަމަށެވެ.

ފުލުހުންނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ވައްކަމުގެ މައްސަލައެވެ. އެފަދަ 147 މައްސަލައެއް ފުލުހުންގެ ރެކޯޑްތަކުން ދައްކައެވެ. މަސްތުވާތަކެއްޗާ ގުޅުންހުރި 110 މައްސަލަވެސް ރަމަޟާންމަހުގެ ފުރަތަމަ ދިހަ ދުވަހުގެ ފުލުހުންގެ ރެކޯޑްތަކުން ދައްކައެވެ. ރަމަޟާންމަހު އާއްމުކޮށް ދިމާވާ ޓްރެފިކްގެ މައްސަލަ ފުރަތަމަ ދިހަ ދުވަހު ރެކޯޑްތަކުން ދައްކަނީ 153 މައްސަލައެވެ.

މީގެއިތުރުން ސްކޭމްގެ 70 މައްސަލައާއި, ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 16 މައްސަލަ އާއި ގެވެށި އަނިޔާގެ 16 މައްސަލަ އާއި ސައިބަރ ކްރައިމްގެ 7 މަސަލަ އާއި ފޭރުމުގެ 8 މައްސަލަ ހިމެނެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement