
އެސްޑީއެފްސީގެ އެމްޑީ ޢާއިޝަތު ފިފްޝީން މަޤާމުން ވަކިކޮށްފި
އެސް. އެމް. އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ މެނޭޖިންގ ޑިރެކްޓަރު ޢާއިޝަތު ފިފްޝީން މަޤާމުން ވަކިކޮށްފިއެވެ.
ސަރުކާރު ކުންފުނިތަކުގެ ބަލަދުވެރިފަރާތް ޕީސީބީން ބުނެފައިވަނީ އެސްޑީއެފްސީގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުން މިއަދުން ފެށިގެން ފިފްޝީން ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް ވަކިކުރި ސަބަބެއް ޕީސީބީއަކުން ބުނެފައެއް ނުވެއެވެ.
ޕީސީބީން އަންނަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް ބަދަލުތަކެއް ގެންނަމުންނެވެ. އެގޮތުން އެސްޓީއޯ، އެމްޕީއެލް، އެޗްޑީސީ އަދި މިފްކޯގެ ބޯޑުތަކަށްވެސް ވަނީ މިފަހުން ބަދަލުތަކެއް ގެނެސްފައެވެ.
ރިއެކްޝަންސް






