ރައްޔިތުން ބަލައިގަންނަ ގޮތުގައި ފުލުހުންގެ ޚިދުމަތް ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް- މިނިސްޓަރ އިހުސާން
މިނިސްޓަރ އަލީ އިހުސަާން ކޯހުން ވަނަ ހޯދި ދަރިވަރަކަށް އެވޯޑް ދެއްވަނީ: ފޮޓޯ-ދިވެހ ފުލުހުންގެ ޚިދުމަތް

ރައްޔިތުން ބަލައިގަންނަ ގޮތުގައި ފުލުހުންގެ ޚިދުމަތް ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް- މިނިސްޓަރ އިހުސާން

ޚިދުމަތް ދޭންވާނީ އެކުވެރިކަމާއި ހިނިތުންވުމާއެކު

1 day ago - 09:10
Aug 31, 2025 - 09:10
Advertisement
Advertisement

ރައްޔިތުން ބަލައިގަންނަ ގޮތުގައި ފުލުހުންގެ ޚިދުމަތް ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ ފުލުހުންގެ 40 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިންނާ މުހާތަބުކުރައްވާ ދެއްކެވި ވާހަކައިގައެވެ.

ދ.ވާނީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު އިހުސާން ވިދާޅުވީ ފުލުހުން މަސައްކަތް ކުރަންވާނީ އެކުވެރިކަމާއި ހިނިތުންވުމާއެކު ރައްޔިތުންނަށް ޚިދުމަތްދޭން ކަމަށް ވިދާޅުވިއެވެ. ކުށަށް އަރައިގަންނަ ހާލަތުގައިވެސް އަދި ގާނޫނާ ހިލާފްވާ ހާލަތުގައިވެސް ފުލުހުން ޤާނޫނީ ވާޖިބު އަދާކުރަން ވާނީ އެމީހާއަށް ލިބިގެންވާ އިންސާނީ ހައްގާއި ކަރާމާތާއި ކަންކަމަށް ހުރުމަތްތެރިކޮށް ހިތުމާއެކު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޔުނިފޯމްގައި ގައުމަށް ޚިދުމަތްކުރުމަކީ އާދައިގެ ކަމެއްނޫން ކަމަށެވެ. ވަކިން ޚާއްޞަކޮށް ފުލުހުންގެ މުއައްސަސާ ފަދަ ޢާއްމުކޮށް ރައްކާތެރި ނޫން ހާލަތްތަކުގައި މަސައްކަތް ކުރުމަކީ އާދައިގެ ކަމެއް ނޫންކަން ފާހަގަކުރެއްވިއެވެ. މިނިސްޓަރ އިހުސާން ވިދާޅުވީ ފުލުހުންގެ މުއައްސަސާގައި ޚިދުމަތް ކުރުމަކީ ހިތްވަރާއި ކެރުން ހުރެގެން ޤައުމަށް ލޯތްބެއް އޮވެގެން އަދި ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ އާދަޔާ ޚިލާފް ވިސްނުމެއް އޮވެގެން ނޫނިއްޔާ ކުރެވޭ ކަމެއްނޫން ކަމަށެވެ.

ފުލުހުންގެ ޚިދުމަތަކީ ގައުމެއް ކުރިއަށް ދިއުމަށް އެގައުމެއްގައި އޮންނަންޖެހޭ މުހިއްމު އަސާސްތަކެއް ހިފަހައްޓާ ޚިދުމަތްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ގައުމެއްގެ ސަލާމަތާއި ރައްކާތެރިކަމާއި ގައުމެއްގައި އޮންނަން ޖެހޭ ހަމަޖެހުން ހިފެހެއްޓުމުގެ ފުރިހަމަ ޒިންމާ މިއޮންނަނީ ފުލުހުންގެ ބޮލުގަ އެޅިފައި ކަމަށް ވިދާޅުވިއެވެ.

Advertisement
Advertisement

"ދިވެހިރާއްޖޭގެ ފުލުހުންނަކީވެސް މިދިވެހިރާއްޖޭގައި ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަން އަދި ރައްޔިތުންގެ މުދަލާއި ރައްޔިތުން އުޅޭ އުޅުމުގައި މާހައުލުގައި ރައްކާތެރިކަން އަދި ބޭރު ފަރާތްތަކުންނާއި ދިވެހިންގެ ތެރެއިން ރާއްޖޭގައި އިންވެސްޓްކޮށްގެން ވިޔަފާރި ކުރާ ފަރާތްތަކުގެ ވިޔަފާރިއާ މުދަލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރާ ފަރާތް. މިކަންކަން މިދެންނެވި ގޮތަށް ނުބެލެހެއްޓޭނަމަ ދިވެހިރާއްޖެ ކުރިއެރުމަށް ހުރަސް އެޅޭނެ. ދިވެހިރާއްޖޭގެ އިގްތިސާދަށް އަސަރުކުރާނެ." ވަޒީރު ވިދާޅުވިއެވެ.

މިނިސްޓަރ އިހުސާން ވިދާޅުވީ މިއަދާ ހަމައަށް ފުލުހުންގެ ޚިދުމަތާ މެދު ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.

40 ވަނަ އަސާސީ ތަމްރީނު ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ސާޖަންޓް މުޙައްމަދު އަރުޝަދުއެވެ. ކޯހުން ދެވަނަ ހޯދީ ސާޖަންޓް އާދަމް ނަސީމް އެވެ. ތިންވަނަ ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް މުޙައްމަދު އަޔާން ޢަލީއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement