މަގާމާ ޙަވާލުވުމުގެ ކުރިން އާޒިމްގެ ބަހުގެ ހަމަލާތަކެއް ސަރުކާރަށް!

މަގާމާ ޙަވާލުވުމުގެ ކުރިން އާޒިމްގެ ބަހުގެ ހަމަލާތަކެއް ސަރުކާރަށް!

ރައީސް އޮފީހުގެ ވަޒީރުން ބޭފުޅުން ކައުންސިލް ޖަލްސާތަކަށް ވަންނަވައި ކަންކަން ނިންމުން ބަލައި ނުގަނެވޭ ކަމަށް އާޒިމް ވިދާޅުވެއްޖެ

8 months ago - 07:19
Jan 18, 2024 - 08:24
Advertisement

ރައީސް އޮފީހުގެ ވަޒީރުން ބޭފުޅުން ކައުންސިލް ޖަލްސާތަކަށް ވަންނަވައި ކަންކަން ނިންމުން ބަލައި ނުގަނެވޭ ކަމަށް ވިދާޅުވެ މާލޭގެ މޭޔަރުކަމަށް އިންތިޚާބުވެފައިވާ އާދަމް އާޒިމް ސަރުކާރަށް ބަހުގެ ހަމަލާތަކެއް ރައްދުކުރައްވައިފިއެވެ. 

އިންތިހާބީ މޭޔަރު އާދަމް އާޒިމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލޭގެ ކަންކަން ކުރިއަށްގެންދަންވި ގޮތް ރައްޔިތުން ސާފުކޮށް ބުނެފައި ވާ ކަމަށެވެ. އަދި އެގޮތާ ހިލާފަށް ރައީސް އޮފީހުގެ ވަޒީރުންގެ ގޮތުގައި މިހާރު ތިއްބެވި ބޭފުޅުން ކައުންސިލް ޖަލްސާތަކަށް ވަންނަވައި ކަންކަން ނިންމުން ބަލައި ނުގަނެވޭ ކަމަށް އާޒިމް ވިދާޅުވި އެވެ.

މިއަދު ބޭއްވި ކައުންސިލުގެ ރަސްމީ ބައްދަލުވުމުގައި ރިޔާސަތުން ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ހުށަހަޅައިގެން ފާސްކޮށްފައި ވަނީ ސިޓީ ކައުންސިލުން ފެށުމަށް ނިންމާފައިވާ 120 މިލިއަން ރުފިޔާގެ މަޝްރޫއުތައް ހިންގުން ކޮންސްޓްރަކްޝަން މިނިސްޓްރީއާ ހަވާލުކުރުމަށެވެ.

"ގާނޫނުއަސާސީގެ 8 ވަނަ ބާބާއި ލާމަރުކަޒީ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތާ ހިލާފަށް، ރައީސް އޮފީހުގެ ވަޒީރުބޭފުޅުން ވަންނަވައިގެން ސިޓީ ކައުންސިލުގެ މަސައްކަތްތައް އަތުލައްވަން ކުރައްވާ މަސައްކަތްތައް ހުއްޓާލެއްވުމަށް ސަރުކާރަށް ގޮވާލަން،" އާޒިމް ވިދާޅުވި އެވެ.

Advertisement

މާލޭ ސިޓީ ކައުންސިލުން ހިންގަން ރާވާފައިވާ ބޮޑެތި މަޝްރޫއުތަކެއް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީއާ ހަވާލުކުރުން މިއަދު ނިންމި ނިންމުމަށް އަމަލުކުރުން މަޑުޖައްސާލުމަށް އާޒިމް އެދިވަޑައިގެންފި އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement