އަދުރޭގެ ސުވަަލެއް: ރިޔާސީ ބަޔާނެއް އެބޭފުޅުން ދުވަހަކު އަޑުއެއްސެވިބާ؟

އަދުރޭގެ ސުވަަލެއް: ރިޔާސީ ބަޔާނެއް އެބޭފުޅުން ދުވަހަކު އަޑުއެއްސެވިބާ؟

ރައީސް ދެއްވި ރިޔާސީ ބަޔާނަށް ކިޔަމުން އަންނަ ފާޑުތަކަށްއަދުރޭ ރައްދު ދެއްވާ ސުވާލެއް ކުރައްވައިފި" ރިޔާސީ ބަޔާނެއް އެ ބޭފުޅުން ދުވަހަކު އަޑުއެއްސެވި ބާއޭ"

7 months ago - 08:28
Feb 7, 2024 - 12:08
Advertisement

ރައީސް ދެއްވި ރިޔާސީ ބަޔާނަށް ކިޔަމުން އަންނަ ފާޑުތަކަށް އަދުރޭ ރައްދު ދެއްވާ ސުވާލެއް ކުރައްވައިފި" ރިޔާސީ ބަޔާނެއް އެ ބޭފުޅުން ދުވަހަކު އަޑުއެއްސެވި ބާއޭ" އެވެ.

މި ސުވާލު ކުރައްވާފައި ވަނީ  ތ. އަތޮޅަށް މިހާރު ރައީސް ޑރ. މުޙައްމަދު މުއިއްޒު ކުރައްވަމުން އަންނަ ދަތުރުފުޅުގައި ރޭ ވޭމަންޑޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެވެ.

އަބްދުއްރަހީމް ވަނީ އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން އިއްޔެ ރައީސް ދެއްވި ރިޔާސީ ބަޔާނަށް ކިޔަމުން އަންނަ ފާޑުތަކަށް ވެސް ރައްދު ދެއްވައިިފައެވެ.

"އަޅުގަނޑު ހިތަށް އަރަނީ ރިޔާސީ ބަޔާނެއް އެ ބޭފުޅުން ދުވަހަކު އަޑުއެއްސެވި ބާއޭ،" އޭނާ ވިދާޅުވިއެވެ.

Advertisement

އަބްދުއްރަހީމް ވިދާޅުވީ ނިމުނު ސަރުކާރުން ގައުމު ވައްޓައިލައިފައި އޮތީ ވަރަށް ނިކަމެތި ހާލަތަކަށް ކަމަށެވެ.

އެގޮތުން އިގްތިޞާދީ ގޮތުން ގައުމު ދަށްވެ، މިނިވަންކަން ވެސް އޮތީ ގެއްލޭ ހިސާބުގައި ކަމަށް ވިދާޅުވިއެވެ.

 ރައީސް ދެއްކެވި ވާހަކަފުޅުތަކުގައި މިއަދު ގައުމު އޮތް އިގްތިޞާދީ ހާލަތާމެދު ވަރަށް ބޮޑަށް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސްގެ ފުރަތަމަ ރިޔާސީ ބަޔާނަކީ މިއަދު ގައުމު އޮތް ހާލަތު ވަރަށް ބޮޑަށް ތަފްސީލުކޮށްދޭ ބަޔާނެއްކަމަށެވެ. އެ ބަޔާނުން ރައްޔިތުންނަށް ލިބުނީ އުންމީދުކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ސަބަބަކީ ބަޔާނުގައިި ތަފްސީލްކޮށް އެއްވެސް އޮޅުވައިލުމެއްނެތި އެ ވާހަކަތައް ރައީސް ވިދާޅުވީތީކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ދިވެހީންގެ ރާއްޖެއަކަށް ފުރިހަމައަށް ވާސިލްވުމަށް ޓަކައި ދެން ކުރުން އެންމެ މުހިންމު ކަމަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބު ސަރުކާރު ހިންގާ ޕީއެންސީއަށް ކާމިޔާބުކޮށްދިނުން ކަަމަށެވެ.

އަދި އެކަމާ މެދު ރައްޔިތުން ވިސްނައި، މަސައްކަތްކުރާނެކަމަށް އުންމީދުކުރައްވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement