ކޮމިޝަނަރު އިސްމާއިލް ނަވީން ފުލުހުންގެ ހިދުމަތުން ރިޓަޔާކުރައްވަން ނިންމަވައިފި
ކޮމިޝަނަރު އިސްމާއިލް ނަވީން: ފޮޓޯޯ- ޕޮލިސް

ކޮމިޝަނަރު އިސްމާއިލް ނަވީން ފުލުހުންގެ ހިދުމަތުން ރިޓަޔާކުރައްވަން ނިންމަވައިފި

2 hours ago - 19:57
Advertisement
Advertisement

ފުލުހުންގެ ހިދުމަތުގައި ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ކޮމިޝަނަރު އިސްމާއިލް ނަވީން، އެ މަގާމުން ރިޓަޔާކުރައްވަން ނިންމަވައިފިއެވެ.


މައުލޫމާތު ލިބިފައިވާ ގޮތުގައި، ނަވީން ރިޓަޔާ ކުރައްވަން ނިންމަވައި، އެކަން ބަޔާންކުރައްވާ ރަސްމީ ސިޓީ މިއަދުގެ ވަގުތެއްގައި ވަނީ ފުލުހުންގެ އިދާރާއަށް ފޮނުއްވާފައެވެ.

ނަމަވެސް، ކުއްލި ގޮތަކަށް އޭނާ މި ނިންމެވުން ނިންމެވި ވަކި ސަބަބެއް މިހާތަނަށް ރަސްމީ އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.

2006 ވަނަ އަހަރުން ފެށިގެން ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގެންނެވި ނަވީން ރިޓަޔާ ކުރައްވަން މި ނިންމެވީ، ފުލުހުންގެ އިސް ހަތް އޮފިސަރަކު ސަސްޕެންޑް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމާފައިވާ ދަނޑިވަޅެއްގައެވެ. މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިގޮތަށް ނިންމާފައިވަނީ ކޮރަޕްޝަނަށް ތުހުމަތުކުރެވޭ މައްސަލަތަކަކާ ގުޅިގެންނެވެ.

Advertisement
Advertisement

އިސްމާއިލް ނަވީން އަކީ ފުލުހުންގެ މުއައްސަސާގައި އެކި ފެންވަރުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާ ރިޓަޔާ ކުރައްވަން ހުށަހެޅުއްވި ނަމަވެސް، އެކަމާ ގުޅޭގޮތުން ފުލުހުންގެ މުއައްސަސާއިން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement