ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުން އިސްކަންދަރު ސްކޫލަށް ބަދަލުކޮށްފި
ގޮވާމުން ޒަކާތް ބަލައި ގަންނާނީ ހޮނިހިރު ދުވަހުން ފެށިގެން / ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުން އިސްކަންދަރު ސްކޫލަށް ބަދަލުކޮށްފި

ގޮވާމުން ޒަކާތް ބަލައިގަންނަން ފަށާނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން

1 year ago - 17:20
Mar 20, 2025 - 17:26
Advertisement
Advertisement

މާލޭ ސަރަހައްދުގައި ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ކުރިން ހަމަޖެއްސި މަޖީދިއްޔާ ސްކޫލުގެ ބަދަލުގައި، އިސްކަންދަރު ސްކޫލުގައި ބަލައިގަންނަގޮތަށް ހަމަޖައްސާ ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އެކަން އިޢުލާންކޮށްފިއެވެ.

ގޮވާމުން ފިޠުރު ޒަކާތް ދެއްކުމުގެ ފުރުޞަތު މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށާއި، ޒަކާތް ބަލައިގަންނާނީ ކޮންމެ ދުވަހެއްގެ މެންދުރު 13:00 އިން ހަވީރު 16:00 އަށް ކަމަށް ޒަކާތު ހައުސްއިން ބުންޏެވެ.

ފިޠުރު ޒަކާތުގެ ގޮތުގައި ބަލައިގަންނާނެ ބާވަތްތަކުގެ ތެރޭގައި އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، ގޮދަން ފުށް އަދި އާޓާ ފުށް ހިމެނޭކަމަށާއި، އަދި ޒަކާތުގެ މިންވަރަކީ ބޮލަކަށް 2.4 ކިލޯ ކަމަށްވެސް ޒަކާތު ހައުސްއިން ބުންޏެވެ.

ޒަކާތު ހައުސްއިން އތުރަށް ބުނީ މަޖީދިއްޔާ ސްކޫލުގެ ބަދަލުގައި އިސްކަންދަރު ސްކޫލު ހަމަޖެއްސީ މާލޭ ސަރަހައްދުގެ ރައްޔިތުންނަށް ފިޠުރު ޒަކާތް ދެއްކުމަށް އިތުރު ލުއި ފަސޭހަތަކެއް ހޯދައި ދިނުމުގެ ގޮތުން ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement