ޑައިލިސް ހަދާ ފަރާތްތަކަށް އުފާވެރި ހަބަރެއް، ހުޅުމާލޭގައި 30 އެނދުގެ ޑައިލިސިސް ސެންޓަރެއް ޤާއިމްކުރަނީ
އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން / ފޮޓޯ: ހުޅުމާލެ ހޮސްޕިޓަލް

ޑައިލިސް ހަދާ ފަރާތްތަކަށް އުފާވެރި ހަބަރެއް، ހުޅުމާލޭގައި 30 އެނދުގެ ޑައިލިސިސް ސެންޓަރެއް ޤާއިމްކުރަނީ

1 year ago - 11:36
Feb 19, 2025 - 11:46
Advertisement
Advertisement

ހުޅުމާލޭ ހޮސްޕިޓަލުގައި 30 އެނދުގެ ޑައިލިސިސް ސެންޓަރެއް ޤާއިމްކުރުމަށް އިއުލާނުކޮށް އެކަމުގެ އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކޮށްފިއެވެ

ހުޅުމާލޭ ހޮސްޕިޓަލުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ މި މަޝްރޫޢަކީ ދުވަހެއް ދުވަހަކަށް އާބާދީ އިތުރުވަމުންދާ ހުޅުމާލޭގެ ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ މުހިންމު މަޝްރޫޢެއް ކަމަށެވެ.

މަޝްރޫޢުގެ ދަށުން ކުރަންޖެހޭ ސިވިލް މަސައްކަތްތައް 90 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ކަނޑައަޅާފައެވެ. މި ސެންޓަރު ޤާއިމްކުރުމުން ހުޅުމާލޭގެ ރައްޔިތުންނަށް ބޭނުންވާ ޑައިލިސިސްގެ ޚިދުމަތް ފުޅާވެގެންދާނެ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ދެކެއެވެ. 

ރާއްޖޭގެ އާބާދީގެ ނިސްބަތުން ގިނަ އަދަދެއްގެ ބަޔަކު ޑައިލިސިސް ހަދަމުންދާއިރު، ހުޅުމާލޭގައި މިފަދަ ސެންޓަރެއް ގާއިމުވެގެން ދިޔުމަކީ ދިވެހި ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއި ފަސޭހަ ކަމަކަށް ވެގެން ދާނެއެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement